އިންޑިއާގެ ފައްޅިއެއްގައި ފިތިބާރުވެގެން 12 މީހަކު މަރުވެއްޖެ

އިންޑިއާގެ ހިންދީ ފަޅިއެއްގައި ފުރިބާރުވެ ފިތިގެން 12 މީހަކު މަރުވެ، އެތައް ބަޔަކަށް އަނިޔާ ލިބިއްޖެ އެވެ.

ކަޝްމީރުގެ އިންޑިއާ ފަޅީގައި ހުންނަ މި ހިންދޫ ފައްޅިއަށް ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު އެއްވެ އެވެ. އެތަނުގައި ފިތިގެން 12 މީހަކު މަރުވި ހާދިސާ ހިނގީ މިދިޔަ ހޮނިހިރު ދުވަހު އާ އަހަރު ފާހަގަކުރުމުގެ ގޮތުން އެތައް ހާސް ބަޔަކު އެއްވެފައި ވަނިކޮށެވެ.

އެތަނުގެ މަސްލަހަތު ގޯސްވެ، އެތައް ބަޔަކު ފިތި ބާރުވާން މެދުވެރިވި ސަބަބަކީ އެތާގައި ހިނގި ދެބަސްވުމެއްގެ ސަބަބުން މީހުންތައް ތޮއްޖެހުމުންނެވެ.

އިންޑިއާ ފުލުހުން ބުނެފައި ވަނީ މި ހާދިސާ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. އަދި މި ހާދިސާ އާއި ގުޅިގެން އިންޑިއާ ޕްރައިމް މިނިސްޓަރ މޯދީ ވަނީ 12 މީހަކު މަރުވުމާއި ގުޅިގެން ހިތާމަކުރައްވާ ކަމަށް ބުނެފައެވެ.

ރިޕޯތުތައް ބުނާގޮތުން  ކޮވިޑް-19 ގެ ޕެންޑެމިކާއި ގުޅިގެން އެ ފައްޅިއަށް ދުވާލެއްގެ މައްޗަށް ވަދެވޭ މީހުންގެ އަދަދު ސަރުކާރުން ވަނީ 25،000 އަށް ދަށްކޮށްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ