ނައިބު ރައީސްއަށް އިހަވަންދޫ އިން މަރުޚަބާ ދަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް އިހަވަންދޫއަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. އިހަވަންދޫ އަށް މިއަދު ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި އިހަވަންދޫ ސްކޫލަށާއި، ޞިއްޙީ މަރުކަޒަށާއި، އިންޖީނުގެއަށް ޒިޔާރަތްކުރައްވައި، އެ މުޢައްސަސާތަކުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި އެރަށުގެ ކައުންސިލަރުންނާ ބައްދަލުކުރައްވާ މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ނައިބު ރައީސް އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މާރަންދުއަށްވެސް ޒިޔާރަތް ކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ