ޙަންނާންގެ ކެމްޕޭން ޖަގަހަ ކޮމަންޑޫ ދާއިރާގެ 3 ރަށުގައި ހުޅުވައިފި-- ފޮޓޯ: އެމްއެންޕީ

ކޮމަންޑޫދާއިރާގެ ގޮނޑި މިހާރުވެސް ކާމިޔާބު ކުރެވިއްޖެ: ނާޒިމް

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި މިހާރުވެސް ކާމިޔާބުކުރެވިއްޖެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ(އެމްއެންޕީ)ގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެވެ.

ކާނަލް (ރޓޑ) ނާޒިމް މިހެން ވިދާޅުވީ، ކޮމްންޑޫ ދާއިރާއަށް ވާދަކުރައްވާ އެމްއެންޕީގެ ކެންޑިޑޭޓް، ބްދުލް ޙަންނާން އިދުރީސްގެ ކޮމަންޑޫ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ޙަންނާނާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ޙަންނާނަކީ ތަޢުލީމީ، ހުނަރުވެރި ވަރަށް ޤާބިލު ބޭފުޅެއްކަމަށެވެ. އަދި މިދާއިރާގައި މީހުން ނުދެކޭވަރު، މީހުން ވަރަށް ގަދަރުކުރާ ބޭފުޅެއް ކަމަށާއި އަދި މީހުން ތަރުބިއްޔަތުކުރުމުގައި ނަމޫނާ ބޭފުޅެއް ކަމަށެވެ.

"އަޅުގަނޑު މިއީ މި ދާއިރާގެ ދެން ހުރި ދެ ރަށަސް ގޮސް ރައްޔިތުންނާ ބައްދަލުކޮށްފައި. އެ ދެ ރަށުން އަޅުގަނޑު ނުވަންނަ ގެޔެއް ނުހުންނާނެ. އަޅުގަނޑަށް އިވިގެންދިޔަ އަޑަކީ ހަންނާނަކީ ވަރަށް އަހުލާޤު ރަނގަޅު އަދި މީހުން ތަރުބިއްޔަތު ކުރުމުގައި ވަރަށް ނަމޫނާ ބޭފުޅެއްގެ ގޮތުގައި" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ކޮމަންޑޫއަށް ނިސްބަތްވާ ދަރިއެއް އެ ދާއިރާގެ ގޮނޑީގައި ބޭންދުމަކީ ލިބިގެންދާނެ ރަނުގެ ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާގޮތުގައި މިހާރުވެސް އަޅުގަނޑުމެންނަށް މި ގޮނޑި ލިބިއްޖެ. އެހެން މި ދަންނަވަނީ މަޖިލީހުގައި އިންނަ މެންބަރަކު ކުރަން މިޖެހޭ ކަމަކީ ރައްޔިތުންގެ ޝުއޫރު އިއްވުން. އަޅުގަނޑުމެންގެ ޖަލްސާތަކުގައި އަޅުގަނޑުމެންނާއި، ހަންނާނުވެސް އެ ޝުއޫރުތައް އިއްވައިފި." ނާޒިމް ވިދާޅުވީ އެމްއެންޕީ މެދުވެރިކޮށް ސަރުކާރަށް ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ އަޑުތައް އިވިއްޖެ ކަމަށާއި، އަދި އެ އަޑުތައް އަހާ،އެ ކަންކަން ހާސިލުކުރުމަށް ސަރުކާރުން މިހާރު މަސައްކަތްވެސް ފަށައިފި ކަމަށެވެ.

ރޭ ކޮމަންޑޫގައި ޙަންނާންގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޕީގެ ލީޑަރޝިޕުގެ އިތުރުން ޕާޓީގެ މެންބަރުންނާއި ޙަންނާނަށް ތާޢީދުކުރާ ދާއިރާގެ ގިނަ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.

ރޭ ކޮމަންޑޫގައި ހުޅުވި ހަންނާނުގެ ކެމްޕޭން ޖަގަހައާއެކު، އެމްއެންޕީން ވަނީ ހަންނާނުގެ ކެމްޕޭން ޖަގަހަ އެ ދާއިރާގެ އަނެއް ދެ ރަށުގައިވެސް ހުޅުވައިފަ އެވެ. އެގޮތުން އެމްއެންޕީގެ ކެންޑިޑޭޓް އަދި ޕާޓީގެ ލީޑަރޝިޕް ކެމްޕޭންކުރުމަށް މިމަހުގެ 6 ވަނަ ދުވަހު ފެށި ދަތުރުގައި ޙަންނާންގެ ކެމްޕޭން ޖަގަހަ އެންމެ ފުރަތަމަ ހުޅުވާފައިވަނީ 7 ޖެނުއަރީގައި މަރޮށީގައެވެ.

ރޭ ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުންޙަންނާން ވިދާޅުވީ ދާއިރާގެ ރައްޔިތުން އޭނާއާ ހަވާލުކުރައްވަން ތިޔަ ތައްޔާރުވަނީ ވަރަށް ބޮޑު މަސްޢޫލިއްޔަތެއް ކަމަށެވެ.

"މިމަސައްކަތުގައި އަޅުގަނޑުމެން ކާމިޔާބު ހޯދައި، ރައްޔިތުންނަށް ދިމާވާ ހުރިހާ ކަންކަމުގައި ޕާޓީގެ ލީޑަރޝިޕާއެކު ރައްޔިތުންނަށް އެހީތެރިވުމުގައި ދެމިތިބޭނަން" އިރާދަކުރެއްވިއްޔާ މިމަސައްކަތް ބޮޑުތަނުން ކާމިޔާބުކުރާނެ ކަމަށް ހަންނާން ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް