މާފުށީ ޖަލު - ފޮޓޯ: މިހާރު

މާފުށި ޖަލުގައި ގައިދީންތަކެއް އިހުތިޖާޖު ކުރަނީ

މާފުށީ ޖަލުގައި ގައިދީންތަކެއް އިހުތިޖާޖު ކުރަމުން އެބަދެއެވެ.

މައުލޫމާތު ލިބޭގޮތުގައި މި ގައިދީންތައް އިހުތިޖާޖު ކުރަމުންދަނީ އިއްޔެ ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި އަނިޔާވި ގައިދީންނަށް އެކަށީގެންވާ ފަރުވާ ނުދޭކަމަށް ބުނެއެވެ.

މީސްމީޑިއާގައި މިވަގުތު ދައުރުވަމުންދާ ވީޑިއޯ އަކުން އަޑު އިވޭ ގޮތުގައި، ޖަލުގައި އިހުތިޖާޖު ކުރަމުންދާ ގައިދީންކަމަށް ބެލެވޭ ބަޔަކުދަނީ އިއްޔެ ހިނގި ހަމަނުޖެހުން ތަކުގައި ޒަހަމްވި ފަރާތްތައް ޑޮކްޓަރަށް ދެއްކުމަށް އެދި ގޮވަމުންނެވެ.

އިއްޔެ ޖަލުގައި ހަމަނުޖެހުން ހިނގައި ޖަލު ބަލަހައްޓާ އޮފިސަރުންނަށާއި ބައެއް ގައިދީންނަށްވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. "ފެށުމަށް" އިނގިފައިވާ ގޮތުގައި އިއްޔެގެ ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ ގައިދީއަކު ޖަލުބަލަހައްޓާ އޮފިސަރަކަށް ހަމަލާ ދިނުމުންނެވެ.

ޖަލުގައި ހިނގި ހަމަނުޖެހުމާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިސަރު އަހުމަދު ނަސީމް ރޭ އިރާކޮޅު ވިދާޅުވީ، އޮފިސަރަކަށް ހަމަލަދިނީ މާ ބޮޑު ހަމަނުޖެހުމެއްގެ ތެރޭގައި ނޫން ކަމަށާއި، “ބޮޑު ހަމަނުޖެހުމެއް ނުހިނގާ” ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ