މިރޭ 10:00 އާ ހަމައަށް ވޯޓަރސް ލިސްޓަށް ޝަކުވާ ހުށަހެޅޭނެ - އީސީ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިރޭ 22:00 އާ ހަމައަށް އިތުރުކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ވަގުތު އިތުރުކޮށްފައިވާކަން، އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވަނީ މިއަދު ހަވީރު އެ ކޮމިޝަނުން ކުރެއްވި ޓްވީޓެއްގައެވެ. މީގެ ކުރިން ތޮތީ ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިއަދު ހަވީރު 03:00 އަށް ހަމަވާ ގޮތަށެވެ.

މި އަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމުލަ 264589 މީހުންނަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާއިރު، ސިޔާސީ ޕާޓީތަކުން އަންނަނީ މަޖިލިސް އިންތިޚާބަށް ތައްޔާރުވަމުންނެވެ.

ނިމިދިޔަ މަޖިލީހުގައި 85 މެންބަރުން ތިއްބެވި ނަމަވެސް މިއަހަރުގެ މަޖިލިސް އިންތިޚާބުގައި ޖުމުލަ 87 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް