އުތުރު ގޮފީގައި މާދަމާއިން ފެށިގެން ތިން ފަނޑިޔާރަކު މަސައްކަތް ކުރާނެ - ހައިކޯޓު

ހދ.ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ހައިކޯޓުގެ އުތުރު ގޮފީގައި، މާދަމާއިން ފެށިގެން އެ ކޯޓުގެ ޝަރުޢީ ވަފުދަކުން މަސައްކަތް ކުރާނެ ކަމަށް ހައިކޯޓުން ވިދާޅުވެއްޖެއެވެ. 

ހައިކޯޓުގެ ތިން ފަނޑިޔާރަކު މާދަމާއިން ފެށިގެން ހައިކޯޓުގެ އުތުރު ގޮފީގައި މަސައްކަތްކުރާނެކަމަށާއި އަދި އެވަފްދުން އެއްހަފްތާގެ މުއްދަތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އުތުރު ގޮފީގައި މަސައްކަތް ކުރާނެ ކަމަށް ހައިކޯޓުން މިރޭވަނީ ވިދާޅުވެފައެވެ.

" އެއީ ހައިކޯޓުގެ އިސް ފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުޘްމާނާއި ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒު އަދި ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލްއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ރެޖިސްޓްރާ އަލްއުސްތާޛާ މަރްޔަމް ޚޫރުޝީދާވެސް ޝަރުޢީ ވަފުގައި މާދަމާއިން ފެށިގެން އުތުރުގޮފީގައި މަސައްކަތް ކުރާނެ" ހައިކޯޓުން ވިދާޅުވެފައިވެއެވެ.

ހައިކޯޓު އުތުރު ގޮފީގައި ހައިކޯޓުގެ ފަނޑިޔާރުންތަކެއް މަސައްކަތް ކުރުމަށް ވަޑައިގަންނަވާއިރު ހައިކޯޓުގެ ދެކުނު ގޮފީގައިވެސް ޝަރުޢީ ވަފުދަކުން މަހުގެ 14 ވަނަ ދުވަހުން ފެށިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް