ޗާންދަނީމަގު-- ފޮޓޯ: ފެށުން

މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭ ޗާންދަނީމަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި އަލިފާނުގެ ހާދިސާ ހިނގައިފައި ވަނީ، އެ މަގުގައި ހުރި ޝެޑޯވީ ނަމަކަށް ކިޔާ ގެއެއްގެ 4 ވަނަ ފަންގިފިލާގައެވެ.

އެމްއެންޑީއެފުން ބުނީ، އެ ގޭގެ 4 ވަނަ ފަންގިފިލާގައި އަލަށް ބޭނުން ކުރި އުނދުނެއްގައި ހަރުކޮށްފަ ހުރި ގޭސް ފުޅީން ގޭސް ލީކުވުމުގެ ތެރެގައި އަލިފާން ރޯވެފައިވާ ކަމަށެވެ. މި ހާދިސާގެ އެމްއެންޑީއެފަށް ރިޕޯޓުކޮށްފައި ވަނީ މިރޭ 19:54 ހާއިރު އެވެ.

އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ލިބުމާއެކު ފަޔަރ އެންޑް ރެސްކިއު ޓީމުން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އަދި އެފްއާރުއެސްގެ ސިފައިން އެ ގެއަށް ދިޔުމުގެ ކުރިން އަލިފާން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައިކަމަށް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.

އަދި އެފްރާރުއެސްގެ ސިފައިން ކުރި މަސައްކަތުން އަލިފާންގަނޑު ވަނީ ކުޑަވަގުތުކޮޅެއްގައި ތެރޭގައި އެއްކޮށް ކޮންޓްރޯލް ކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް