މި ފޮޓޯއިން ތިބާ "ސްޓްރެސް" ވެފައިވާ މިންވަރު ބުނެދޭ!

ދިރިއުޅުމުގައި ދިމާވާ އެކިކަހަލަ ކަންކަމާއި ގުޅިގެ ސްޓްރެސް ވެފައި ހުންނަ ވަގުތުތަކުގައި ތިމާ ތިހުރީ ކިހާ މިންވަރަކަށް ސްޓްރެސް ވެފައިތޯ ދުވަހަކުވެސް ހިތައް އެރި ހެއްޔެވެ. މި އޮތީ އެކަން ފަސޭހަކަމާއެކު ބަލާލެވޭށެވެ.

ޖަޕާންގެ ނާރުގެ ޑޮކްޓަރަކު ހަދާފައިވާ މި ފޮޓޯއެއްގެ އެހީގައި، މި ފޮޓޯއަށް ބެލުމުން އެވަގުތަކު އެމީހަކު ކަންބޮޑުވެ ފިކުރުކުރާނަމަ އެ ފޮޓޯގެ އެހީގައި އެމީހަކު ސްޓްރެސް ވެފައިވާ މިންވަރު ބުނެދެއެވެ.

މީހަކު ސްޓެރެސް ވެފައިވާ މިންވަރު ބުނެދޭ މި ފޮޓޯއެކީ، އިންޓަނެޓްގައި މިހާރު ދައުރުވަމުންދާ "އޮޕްޓިކަލް އިލިއުޝަން" އެކެވެ.

މި ފޮޓޯއަށް ބެލުމުން މި ފޮޓޯ ނުގުޑާކަމުގައި ވަނީނަމަ އެމީހަކު އެވަގުތުގައި ކަންބޮޑުވެ ފިކުރެއް ނުކުރެއެވެ. އަދި ފޮޓޯ ކުޑަކޮށް ގުޑައިފިނަމަ އެމީހަކު އެހުރީ ސްޓްރެސް ވެފައެވެ. އަދި ފޮޓޯ ވަރަށް ބޮޑަށް ގުޑާކަމުގައި ވަނީނަމަ އެމީހަކު އެވަގުތު ވަރަށް ބޮޑަށް ކަންބޮޑުވެ ފިކުރެއެވެ.

މި ފޮޓޯ އިންޓަނެޓް ގައި މިހާރު ވައިރަލް ވެފައިވާއިރު، މިކަހަލަ އެތައް ފޮޓޯއެއް މީގެ ކުރިންވެސް އިންޓަނެޓް ގައި ދައުރުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް