ރާއްޖެ އަދި ރަޝިޔާގެ ޑިފެންސް މިނިސްޓަރުން ބައްދަލު ކުރައްވައިފި

ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ އަދި ރަޝިޔާގެ ޑިފެންސް މިނިސްޓަރ ސެރުގޭ ޝޮއިގޫ މޮސްކޯގައި މިއަދު ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުންވަނީ ދެގައުމުގެ ގުޅުން ބަދަހި ކުރުވުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަ ދައްކަވައިފައެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ރަޝިޔާއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ، ރަޝިޔާގައި މިހާރު ކުރިއަށްދާ 10 ވަނަ އިންޓަނޭޝަނަލް މީޓިންގް އޮފް ހައި ރޭންކިންގް އޮފިޝަލްސް ރެސްޕޮންސިބަލް ފޮ ސެކިއުރިޓީގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

އިންޓަނޭޝަނަލް މީޓިންގް އޮފް ހައި ރޭންކިންގް އޮފިޝަލްސް ރެސްޕޮންސިބަލް ފޮ ސެކިއުރިޓީގައި މާރިޔާވަނީ އިއްޔެ ވާހަކަފުޅުވެސް ދައްކަވައިފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް