ކޮވިޑް-19: މިއަދުގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު 900 އިން މަތީގައި

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ރާއްޖެއިން އިތުރު 967 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. މިއީ ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ޓެސްޓުކުރި 7،505 ސާމްޕަލްގެ ނަތީޖާއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ހަވީރު 18:00 އިން މިއަދުގެ އެވަގުތާއި ހަމައަށް އަތޮޅު ތެރެއިންނާއި މާލެ ސަރަހައްދުން  ޕޮޒިޓިވްވި އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި މާލެ ސަރަހައްދުން 475 މީހަކު ޕޮޒިޓިވްވި އިރު، އަތޮޅު ތެރޭގެ ރަށްތަކުން 290 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި ރިސޯޓުތަކުން ވަނީ 87 ޕޮޒިޓިވް ކޭސް ފެނިފައެވެ.

ފާއިތުވެ އެތައް މަހަކާއި އަޅާބަލާއިރު، ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މިދިޔަ ދުވަސްތަކުގައި ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެފަ އެވެ.

މި އަދަދުތަކާއެކު، ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 5،881 އަށް އަރައިފަ އެވެ. އަދި މިހާތަނަށް މުޅި ޖުމްލަ ކޮވިޑަށް ޕޮޒިޓިވްވި އަދަދު ވަނީ 101،418 އަށް އަރައިފަ އެވެ. މީގެ އިތުރުން ހޮސްޕިޓަލުގައި 22 މީހަކު އެޑްމިޓްކޮށްގެން ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ.

ރާއްޖެއިން ކޮވިޑް ބަލީގައި މިހާތަނަށް ނިޔާވެފައި ވަނީ 265 މީހެކެވެ.

ރާއްޖޭގައި ޕޮޒިޓިވްވާ އަދަދު މިދުވަސްވަރު އިތުރުވަމުން އަންނަނީ ކޮވިޑް-19 ގެ އާ ވޭރިއަންޓް، އޮމިކްރޮން ވޭރިއަންޓްގެ ކޮމިއުނިޓީ ސްޕެރެޑެއް އުޅޭތީ ކަމަށް އެޗްއީއޯސީން ވަނީ ރަސްމީކޮށް އިއުލާންކޮށްފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އޮމިކްރޮން ވޭރިއަންޓުގެ ރާޅު ފެތުރި، ޕޮޒިޓިވްވާ އަދަދު އެތައް ގުނައަކަށް އިތުރުވާނެ ކަމަށް އިއުލާންކުރެއްވި އެވެ.

އެއާއެކު ލެ ސަރަހައްދުގައި އަޅައިފައިވާ ފިޔަވަޅުތައް އެޗްޕީއޭއިން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ވެކްސިންގެ ޑޯޒްތައް ފުރިހަމަވެ 14 ދުވަސް ހަމަވެފައިވާ ފަރާތެއްކަމުގައިވީނަމަވެސް، ރަށްރަށަށް ދަތުރުކުރެވޭނީ 72 ގަޑިއިރު ނުވާ ޕީ.ސީ.އާރް ނެގެޓިވް ނަތީޖާއާއެކު ކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅައިފަ އެވެ.މީގެ އިތުރުން 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ބޭއްވުން މަނާކުރުމާއި، އަދި ކުޅިވަރު މުބާރާތްތައް، ސަޕޯޓަރުން ވައްދައިގެން ބޭއްވުންވެސް ހުއްޓާލަން އެޗްޕީއޭއިން އޮތީ އަންގައިފަ އެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް