އޮމްކްރޮންއިން އެންމެ ރަނގަޅަށް ދިފާއުވެވޭނީ ބޫސްޓާ ޑޯޒު ޖަހައިގެން: ރައީސް

Share on facebook
Share on twitter
Share on telegram
Share on whatsapp
Share on email
Share on facebook
Share on twitter
Share on linkedin
Share on telegram
Share on whatsapp
Share on email

ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ އޮމިކްރޮން ވޭރިއަންޓުން އެންމެ ރަނގަޅަށް ދިފާއުވެވޭނީ ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު ޖަހައިގެން ކަމަށް ވިދާޅުވެ، ބޫސްޓާ ޑޯޒު ޖެހުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް ބާރުއަޅުއްވައިފި އެވެ.

18 އަހަރުން މަތީގެ އެންމެނަށް ކޮވިޑް-19ގެ ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހުމުގެ ކެމްޕެއިން މިއަދު ވަނީ ރާއްޖޭގައި ފަށައިފައެވެ. ދިވެހި ރައްޔިތުންނަށް ރައީސް އިލްތިމާސްކުރެއްވީ، ކޮވިޑް ވެކްސިންގެ ދެ ވަނަ ޑޯޒު ޖެހިތާ ހަ މަސްދުވަސްވެފައި ވާނަމަ، އަވަހަށް ބޫސްޓާ ޑޯޒު ޖެއްސެވުމަށެވެ.

ރާއްޖޭގައި ބޫސްޓާ ޑޯޒެއްގެ ގޮތުގައި ޖަހަމުން އަންނަނީ ފައިޒާ ވެކްސިނެވެ. އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ބޫސްޓަރ ޑޯޒް ވެކްސިން ޖެހުމަށްޓަކައި އޮންލައިންކޮށް އެޕޮއިންޓްމެންޓް ބުކް ކުރެވޭނެ ކަމަށެވެ.

ވެކްސިން ޖަހަންދާއިރު ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރި ކަންކަން:
• އައި.ޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުން
• ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީންގައި ހުރި މީހަކަށް ނުވުން
• ގަޔަށް ދޫ، ފަސޭހައިން ވެކްސިންޖަހާތަން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
• ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
• ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
• ވެކްސިން ޖަހަންދާއިރު އެކުގައި އެކަކަށްވުރެ ގިނައިން ނުދިއުން

އާއްމުކޮށް ހުޅުވާލައިގެން ބޫސްޓާ ޑޯޒު ޖަހަން ފެށުމަށް ބޭނުންވާ ފައިޒާ ވެކްސިންގެ އާ ޝިޕްމެންޓް، އެއްލައްކަ ޑޯޒުގެ ފައިޒާ ވެކްސިން ރާއްޖެ ގެނެސްފައި ވަނީ މިދިޔަ މަހުގެ 18 ގައެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

ހިޔާލު

  1. މާނު

    Heybali vefa huri gola ehtha mieee. Meenaa mieެ ކަނލާގެއެއް ކަމަށް ހެދިގެން އުޅޭގޮލައެއް. ވާންޗޯވެގެން ތަ ތިއުޅެނީ ބަލަ އެބައިމީހުންނަކީ ކަލޭމެންގެ ތެރެއިންވާ ބައެއްކަމަށް ދައުވާ ކުރާ ހުޅަނގުގެ ސިއްޙީ އެކިމާހިރުން އެކިޔާ އެއްޗެއް ކަލެޔަށް އެބަ އިވޭތަ. ތިޔަ ވެކުސިނެއްގެ ސަބަބުން އިންސާނުންގެ ދިފާއީ ބާރުކެނޑި ކުރޯނިކް ބަލިތަކެއް ޖެހުމުގެ ބިރުއެބައޮތްކަމަށް. ޢެވަރުގެ މިގޮލާ ދިވެހިރައްޔަތުން ހަދައިފި އިންޑިޔާގެ ލެބޯޓެރީތަކުން އެކްސްޕެރިމަންޓާއި ރިސާޗު ހަދަން ގެންގުޅޭ މީދާތަކަކަށް. މިއީ ހަޤީގަތަކީ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް