އިސްތިއުފާދެއްވި ކޮމިއުނިކޭޝަން މިނިސްޓރީގެ ސްޓޭޓް މިނިސްޓަރު ޝާފީ - ފޮޓޯ: ރައީސް އޮފީސް

ޝާފިއީގެ ކޮރަޕްޝަންގެ ތުޙުތުމަތުގައި އެއްވެސް އަސާސެއްނެތް - ކޮމިއުނިކޭޝަން މިނިސްޓްރީ

މިނިސްޓާ އޮފް ސްޓޭޓް ފޯ ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުގައި ހުންނެވި މުޙައްމަދު ޝާފިޢީ އިސްތިއުފާ ދެއްވުމަށް މައިގަނޑު ސަބަބެއްކަމަށް ކުރެއްވި ތުޙުތުމަތުގައި އެއްވެސް އަސާސެއްނެތް ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާ މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ ސާފިޢީ މައިގަނޑު ސަބަބެއްކަމަށް ދެއްކެވި icthealth.com ކުންފުނީގެ ހޮސްޕިޓަލް މެނޭޖްމެންޓް ސޮފްޓްވެއާއަކީ މިހާތަނަށް އައި.ޖީ.އެމް.އެޗްއަށް ގަނެފައިނުވާ ސްފްޓްވެއާ އެއްކަން އެހޮސްޕިޓަލްއިން ހާމަކޮށްފައިކަމަށެވެ.

އަދި ޝާފިޢީ ފޮނުއްވި ސިޓީއެއްގެ ޖަވާބުގައި އައި.ޖީ.އެމް.އެޗުން ފޮނުއްވި ސިޓީއަކުން މިކަން ހާމަވާކަންވެސް މިނޫސްބަޔާނުގައި ބުނެފައިވެއެވެ. އެސިޓީގައި ހޮސްޕިޓަލަށް ބޭނުންވާ ސޮފްޓްވެއާ ރިކުއާމަންޓް ތައްޔާރުކުރައްވަމުން ގެންދަވާކަމަށާއި، އަދި އެމަސައްކަތް ނިމުމުގެ ކުރިން ހެލްތު މިނިސްޓްރީގެ ލަފަޔާއި މަޝްވަރާ ހޯދާނެކަމަށްވެސް ބުނެފައިވާކަންވެސް މިނޫސްބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

"ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ވަޢުދުފުޅާއި އެއްގޮތަށް މިސަރުކާރާއި މިމިނިސްޓްރީންވެސް ކަންކަން ގެންދާނީ ދެފުށް ފެންނަ ހެޔޮ ވެރިކަމުގެ ނިޒާމގެ އަސާސްތަކުގެ ތެރެއިން" މިނޫސް ބަޔާނުގައި ވެއެވެ.

އަދި މިނޫސް ބަޔާނާއެކު އައި.ޖީ.އެމް.އެޗް ގެ ނަންބަރު 137/474/2019/2 ސިޓީއާއި މިނިސްޓްރީ އޮފް ކޮމިނިއުކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ގެ ނަންބަރު 474/137/2019/2 ސިޓީ ހިމަނާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް