ކ. ޗން މިހާތަނަށް 36 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަންސް އިން ބުނެފިއެވެ.
އޮފިސަރުންނާއި ގައިދީންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މާފުށި ޖަލު ކުއްލި ހާލަތަށް ގެންނައީ މި މަހުގެ 14 ވަނަ ދުވަހު އެވެ. ކަރެކްޝަނަލް ސަރވިސް އިން އެދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މާފުށީ ޖަލުގައި ކޯވިޑް-19 ގެ ޢަލާމަތް ހުރި އޮފިސަރުންނާއި ޤައިދީންގެ ނެގި ސާމްޕަލްތަކުގެ ތެރެއިން 07 އޮފިސަރުން އަދި 14 ޤައިދީން ޕޮޒިޓިވެވައިވާ ކަމަށެވެ.
މިއަދު ކަރެކްޝަނުން ބުނީ، މާފުށީ ޖަލުން 36 ގައިދީއަކު ކޮވިޑަށް ޕޮޒިޓިވްވެ އެ މީހުންނާ ކޮންޓެކްޓުވެގެން 68 ގައިދީއަކު ކަރަންޓީނުގައި އެކަހެރިކޮށްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 5 އޮފިސަރަކު ޕޮޒިޓިވްވެފައިވާއިރު އެކޭސްތަކާ ގުޅިގެން 12 އޮފިސަރަކު އެކަހެރި ކޮށްފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އިއްޔެ އެކަނިވެސް ރާއްޖެ އިން ކޮވިޑް-19 އަށް 1،200 އަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ މާލެއިން 575 މީހަކާއި، ރަށްރަށުން 408 މީހުން އަދި ރިސޯޓުތަކުން 155 މީހުންނެވެ.