19 ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރައްވަނީ - ފޮޓޯ: މަޖިލިސް

ޖަލުގައި ހިނގި ހަމަނުޖެހުންތައް މަޖިލީހުން ބަލަނީ

ކ. މާފުށީ ޖަލުގައި އިއްޔެ ހިނގި ހަމަނުޖެހުންތައް ހިނގައިދިޔަ ގޮތް ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއިން ނިންމައިފިއެވެ.

މިގޮތުން މިމައްސަލަ ދިރާސާ ކުރުމަށްޓަކައި އެ ކޮމެޓީގެ ބައްދަލުވުމެއް މާދަމާ 11:00 ގައި ބާއްވާ ގޮތައްވަނީ ހަމަޖައްސައިފައެވެ.

އިއްޔެ ޖަލުގައި ހަމަނުޖެހުން ހިނގަން މެދުވެރިވި ކަމަށްވަނީ ގައިދީއަކު ޖަލު ބަލަހައްޓާ އޮފިސަރަކަށް ހަމަލާ ދިނުމާއި ގުޅިގެންނެވެ. މި ހަމަލާއާއި ގުޅިގެން ދެ ގޮޅިއެއްގައި ތިބި ގައިދީން ނެރެ އެގައިދީންގެ ބޯބެލުމަށްފަހު އަނިޔާ ކޮށްފައިވާ ކަމަށް މީޑިއާގައި މިއަދު ޚަބަރު ފެތުރިފައި ވެއެވެ.

އަދި މިކަންތައްގަނޑާއި ގުޅިގެން މިރޭވަނީ ޖަލުގައި އިހްތިޖާޖުވެސް ކޮށްފައެވެ. ޖަލުގެ ގައިދީން މިރޭ އިހުތިޖާޖް ކުރިކަމަށްވަނީ އިއްޔެ އަނިޔާވި ބައެއް ގައިދީން ޑޮކްޓަރަށް ދެއްކުމަށް އެދިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް