ކުޑަރިކިލު ސިއްހީ މަރުކަޒު ބަންދުކުރުމަށް ފަހު ރައްޔިތުން ނުކުމެ މުޒާހަރާ ކުރަނީ: ފޮޓީޯ- އޭދަފުށި ޓައިމްސް

ކުޑަރިކިއްޔަށް ޑޮކްޓަރަކު ހަމަޖައްސައި

ބ. ކުޑަރިކިލުގައި ޑޮކްޓަރަކު ނެތިގެން އެރަށު ރައްޔިތުން ނިކުމެ މުޒާހަރާކޮށް، ސިއްހީ މަރުކަރުޒ ބަންދުކޮށްފައިވަނިކޮށް، ހެލްތް މިނިސްޓްރީން އެ ރަށް ޑޮކްޓަރަކު ހަމަޖައްސައިފި އެވެ.

ހެލްތް މިނިސްޓްރީން އިއްޔެ ބުނެފައި ވަނީ، ކުޑަރިކިލި ސިއްހީ މަރުކަޒަށް ހަމަޖައްސައިފައިވާ ޑޮކްޓަރު މިއަދު އެ ރަށް ދާނެ ކަމަށެވެ. ކުޑަރިކިއްޔަށް ޑޮކްޓަރަކު ހަމަޖެހި، މިއަދުގެ ވަގުތެއްގައި އެ ރަށަށް ޑޮކްޓަރު އަންނާނެ ކަމަށް އެ ރަށު ކައުންސިލުންވެސް ވަނީ ބުނެފަ އެވެ.

މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ ރަށުގައި ހުރި ޑޮކްޓަރު ޗުއްޓީއަށް ދިއުމުގެ ސަބަބުން އެ ރަށު ސިއްހީ މަރުކަޒުގައި ޑޮކްޓަރަކު ނެތެވެ.

ކުޑަރިކިލުން ކޮވިޑްގެ ބައެއް ކޭސްތައް ފެނިފައިވާއިރު، އެ ރަށުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ވަރަށް ގަދަޔަށް ދަނީ ފެތުރެމުންނެވެ. އެހެންކަމުން އެ ރަށު ސިއްހީ މަރުކަޒުގައި މިދުވަސްކޮޅު ޑޮކްޓަރެއް ނެތުމުގެ ސަބަބުން ރަސު ރައްޔިތުން ޑޮކްޓަރަށް ދައްކަނީ އޮންލައިންކޮށް އައިޖީއެމްއެޗް އަށެވެ.

މި ދަތި އުނދަގޫ ހާލަތާއެކު އެ ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށް، މަގުމައްޗަށް މުޒާހަރާއަށް ނިކުމެ އިއްޔެ ވަނީ ސިއްހީ މަރުކަޒުގައި ތަޅު އަޅުވައިފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ