ކުރިނބީ ކައުންސިލް އަދި ކޯޓު ހުންނަ އިމާރާތް - ފެށުން ފޮޓޯ: ވިސާމް

ކުރިނބީ ކައުންސިލާއި ކޯޓުގެ ތިޖޫރީ ފަޅާލައި ގެއްލުންތަކެއްދީފި

ހދ. ކުރިނބީ ކައުންސިލާއި، ކުރިނބީ މެޖިސްޓްރޭޓް ކޯޓަށް ގެއްލުންދީ ތިޖޫރީތައް ފަޅާލައި ވައްކަންކޮށްފިއެވެ.

ކުރިނބީ ކައުންސިލުގެ ތިޖޫރީ ވަގަށް ނަގައި، އެރަށު ކޯޓުގެ ތިޖޫރީ ފަޅާލައި ވައްކަން ކޮށްފައިވާކަން އެނގިފައިވަނީ މިއަދު ހެނދުނު އެ އިދާރާތަށް ހުޅުވުމުންނެވެ.

ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމް ވިދާޅުވީ، ކައުންސިލްގެ ރިޖޫރީ ވަގަށް ނަގާފައިވަނީ އޮފީހުގެ ކުޑަ ދޮރެއްގެ ފެންލައިޓެއް ހަލާކުކޮށްލައިގެން އޮފީސްތެރެއަށް ވެދެ، ތިޖޫރީ ހުންނަ ކޮޓަރީގެ ބޮޑުދޮރު ހަލާކުކޮށްލައިގެން ކަމަށެވެ.

"ތީޖޫރީ ނެތްކަން އެނގުނީ ހަފްތާ ބަންދަށްފަހު މިއަދު ހެނދުނު އޮފީހަށް ނިކުތުމުން. ތިޖޫރީގައި ހުންނާނީ ގާތްގަނޑަކަށް 123ރ. ދެން އިތުރަށް އައިޑީކާޑު ކަލެކްޓް ކޮށްފައި ރުފިޔާއެއް ހުރެދާނެ. އިތުރަށް ވަގަށް ގެންދިޔަކަމަށް މިހާތަނަށް ފާހަގަކުރެވިފައިވަނީ އައިޑީކާޑު ޔުނިޓްގައި ބޭނުންކުރާ ޑީއެސްއެލްއާރު ކެމެރާއެއް." ކުރިނބީ ކައުންސިލްގެ ރައީސް ޢަބްދުﷲ އަސްލަމް "ފެށުމަށް" ވިދާޅުވިއެވެ.

މިނޫހަށް އެނގިފައިވާ ގޮތުގައި އެއް އިމާރާތެއްގައި ދެ އެންޓްރާންސަކުން ވަދެނިކުމެވާ ކުރިނބީ މެޖިސްޓްރޭޓް ކޯޓްގެ ތިޖޫރީ ފަޅާލާފައިވަނީ ކޯޓުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން ކޯޓުގެ ތެރެއަށް ވަދެގެންނެވެ. ކޯޓުގެ ތިޖޫރީން ދެހާހާއި ގާތްކުރާ އަދަދަކަށް ފައިސާ ވަގަށް ނަގާފައިވާއިރު، އިމާރާތަށް ލިބުނު އިތުރު ގެއްލުމުގެ ތަފްސީލު އަދި ނުލިބެއެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތަޙްޤީޤު ކުރަމުންދާއިރު، މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

"ކޯޓުން ލެޕްޓޮޕެއްގެ އިތުރުން ތިޖޫރީ ފަޅާލައި ރުފިޔާ ވަގަށް ނަގާފައިވޭ." ފުލުހުން ވިދާޅުވިއެވެ.

ކުރިނބީ ކައުންސިލާއި ކޯޓު އިމާރާތަކީ ސެކިއުރިޓީ ގާޑުން ބައިތިއްބައިގެން ސެކިއުރިޓީ ބަލަހައްޓާ އިމާރާތަކަށް ނުވާއިރު، ސީސީޓީވީ ކެމެރާ ހަރުކޮށް ސެކިއުރިޓީ ބަލަހައްޓަމުންދާ ތަންތަނެއްވެސް ނޫނެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ