ނައިބު ރައީސްއަށް އިހަވަންދޫ އިން މަރުޚަބާ ދަންނަވަނީ - ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސްގެ އުތުރު ދަތުރުފުޅު ނިންމަވާލައްވައިފި

ދިވެހިރާއްޖޭގެ ނައިބުރައީސް ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރޭގެ ވަގުތެއްގައި މާލެ ވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ހއ. އަތޮޅު މޮޅަދޫ، އުލިގަމު، ތުރާކުނު، އިހަވަންދޫ އަދި މާރަންދޫއަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލްތަކާއި، ސަރުކާރުގެ އިދާރާތަކަށް ޒިޔާރަތްކުރައްވައި، އެތަންތަނުގެ ވެރިންނާއި، މުވައްޒަފުންނާ ބައްދަލުކުރައްވައި، މަޝްވަރާ ކުރައްވާފައި ވެއެވެ.

ނައިބު ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނުވަނީ ހޯރަފުއްޓާއި، އިހަވަންދޫގައި އެމްޓީސީސީގެ ހައިސްޕީޑް ފެރީގެ ޚިދުމަތް ވެސް ފައްޓަވައި ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ