އައިޖީއެމް ހޮސްޕިޓަލް- ފޮޓޯ: ފެށުން

އައިޖީއެމް ހޮސްޕިޓަލުން ސީޓީ ސްކޭންގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި

ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ވަގުތީގޮތުން ސީޓީ ސްކޭންގެ ޚިދުމަތް ކެދުކަނޑާލައިފިއެވެ.

ދާދި ދެންމެ އެ ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، ސީޓީ ސްކޭން މެޝިން މަރާމާތު ކުރުމަށްޓަކައި މިއަދުން ފެށިގެން އެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ.

ނަމަވެސް އައިޖީއެމް ހޮސްޕިޓަލްގެ ޑޮކްޓަރުން އިމަޖެންސީކޮށް ހެދުމަށް ދެއްވާ ސީޓީ ސްކޭންތައް، އާސަންދައާއި ޓްރީޓޮޕް ހޮސްޕިޓަލް ގުޅިގެން ހެދޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށްވެސް އެ ހޮސްޕިޓަލުން ވިދާޅުވިއެވެ.

އައިޖީއެމް ހޮސްޕިޓަލްގެ ސީޓީ ސްކޭން ޚިދުމަތް އަލުން ފެށޭނެ ތާރީޚެއް އެ ހޮސްޕިޓަލުން ވިދާޅެއް ނުވެއެވެ.

ވަގުތޫގޮތުން އައިޖީއެމް ހޮސްޕިޓަލްގެ ސީޓީ ސްކޭން މިއަދުން ފެށިގެން މެދުކަނޑާލިއިރު، އެ ހޮސްޕިޓަލްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މިމަހުގެ 14 ވަނަ ދުވަހު އެ ޚިދުމަތް މެދުކަނޑާލުމަށްފަހު އަލުނ ޚިދުމަތް ދޭން ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް