ގެއްލިގެން ހޯދަމުންދާ ޝައިމް އަބްދުﷲ - ފޮޓޯ: ޕޮލިސް

ގެއްލުނު ކުޑަކުއްޖާ އަދިވެސް ނުފެނޭ

މިދިޔަ އަންގާރަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ކުޑަކުއްޖާ، ހޯދާތާ ހަތަރު ދުވަސް ވީއިރުވެސް ފެނިފައި ނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ގެއްލިގެން ހޯދަމުންދަނީ ދަފްތަރު ނަންބަރު ރސ 2997 ، ޝައިމް ޢަބްދުﷲ (14އ) ކަމަށް ފުލުހުން ވިދާޅުވި ނަމަވެސް، އެ ކުއްޖާ ގެއްލުނީ ކޮން ތަނަކަށް ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ. އެ ކުއްޖާ އަދިވެސް ނުފެންނަކަމަށް ފުލުހުން މިއަދު ވިދާޅުވިއެވެ.

"މި ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ޖޫން މަހުގެ 18 ވަނަ ދުވަހުގެ 09:29 ހާއިރު." ފުލުހުން ވިދާޅުވިއެވެ.

މި ކުއްޖާ ގެއްލުނު ހާދިސާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ހާމަ ނުކުރެއްވި ނަމަވެސް އެ ކުއްޖާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާކުރުމަށް އެދިލައްވައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް