ފޯކައިދޫ ފެނުގެ ނިޒާމުގެ މަސައްތް ފެށުން - ފޮޓޯ: އެންވަޔަރަމެންޓު

ފޯކައިދޫ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

ށ.ފޯކައިދޫގައި ގާއިމްކުރަން ހަމަޖެހިފައިވާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

ގްރީން ކްލައިމެޓް ފަންޑުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ އެރަށު ފެނުގެ ނިޒާމުގެ މަސައްކަތް ކުރަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ އިންޑިއަ ލިމިޓެޑުންނެވެ.

މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމަން ޙަވާލުކޮށްފައިވާ މިމަސައްކަތް ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ އިންޑިއަ ލިމިޓެޑާއި ޙަވާލުކޮށްފައިވަނީ 30.8 މިލިއަން ރުފިޔާއަށެވެ. 

ފޯކައިދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް އަމަލީ ގޮތުން ފަށްޓަވައި ދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންއެވެ.

ގްރީން ކްލައިމެޓް ފަންޑު ހިލޭ އެހީގެ ދަށުން ބ. ދަރަވަންދޫ، ހދ. ނޮޅިވަރަންފަރު އަދި ރ. މަޑުއްވަރީގައިވެސް ފެނުގެ ނިޒާމް ގާއިމްކުރަން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް އެ ފަންޑުގެ ހިލޭ އެހީގެ ދަށުން ކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ 25 ރަށެއްގައި ވާރޭފެން ނަގާ ރައްކާކުރާ ވަސީލަތްތައް ޤާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް