މުޙައްމަދު ޙަސަން، 49އ (ސެންޓަރު މުހައްމަދު) - ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ފުޓްބޯޅަ ކުޅެން ހުއްޓައި ކުޅުދުއްފުށީ ސެންޓަރު މުޙައްމަދު ނިޔާވެއްޖެ

ކުޅުދުއްފުށީގައި ފުޓްބޯޅަ ކުޅެން ހުރި މީހަކު ނިޔާވެގެން ދަނޑުމައްޗަށް ވެއްޓިއްޖެއެވެ.

ކުއްލިގޮތަކަށް ނިޔާވެފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އިސް މަގާމުތަކެއް ފުރުއްވި، ކުޅުދުއްފުށި ސިޓީ، ހަހަކަ، މުޙައްމަދު ޙަސަން، 49އ (ސެންޓަރު މުހައްމަދު) އެވެ.

މަންޒަރު ދުށް ފަރާތްތަކާއި ހަވާލާދީ ކުޅުދުއްފުށީ އޮންލައިންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއަދު ހަވީރު ހިރަފުސް ދަނޑުގައި ފުޓްބޯޅަ ކުޅެން ހުއްޓާ ކުއްލިއަކަށް މުހައްމަދު ހަސަން ވެއްޓުމުން، އެވަގުތު އެ ދަނޑުގައި ކުޅެން ހުރި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އެތެރެހަށީގެ ޑޮކްޓަރު ނަޒީފް، މުހައްމަދަށް ވަގުތުން ސީޕީއާރުދީ، ފަރުވާދީފައިވާ ކަމަށެވެ.

އޭނާ ވެއްޓުނީ ބޯޅައެއް ދިފާއުކުރުމަށްފަހު ކަމަށާއި، ހޮސްޕިޓަލަށް ގެނެވެންދެންވެސް އަވަސް ފަރުވާ ދީފައިވާކަމަށް އެ ސިޓީގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެއެވެ.

ކުޅުދުއްދުށީ ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވީ، މުހައްމަދު ނިޔާވީ ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ކަމަށެވެ.

އުތުރުގައި މަޝްހޫރު ސިއްހީ ހިދުމަތްތެރިޔާ ހަސަން އަޙްމަދު (ސެންޓަރު ހަސަންބެ)ގެ، މުހައްމަދު ހަސަންއަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ވެރިއެއްގެ މަގާމާއި ޒިންމާދާރުވެރިޔާގެ މަގާމު ގިނަ ދުވަހު ފުރުއްވާފައިވާ، އަދި މިހާރުވެސް އެ ހޮސްޕިޓަލަށް ޚިދުމަތް ކުރަމުން އައި އަގުހުރި ދަރިއެކެވެ. އޭނާ ނިޔާވިއިރު ދެ ފިރިހެން ދަރިންނާއި އަތްބަކު ދުނިޔޭގައި އެބަ ތިއްބެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ