ފޮޓޯ: އެމްއޭސީއެލް

އާ އޭޕްރަންގެ މަސަކަތް ނިމި ޓެސްޓް ކުރަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މަތިންދާ ބޯޓު ޕާކު ކުރަން އަލަށް ހެދި، އޭޕްރަންގެ މަސައްކަތް ނިމި ޓެސްޓް ކުރަން ފަށައިފި އެވެ.

އެމްއޭސީއެލް އިން ވިދާޅުވި ގޮތުގައި ހުޅުލޭގެ އިރުމަތީ ފަރާތުގައި އަލަށް ހެދި، އޭޕްރަންގައި މަތިންދާ ބޯޓު ޕާކު ކުރާނެ ޖާގަތައް ފާހަގަ ކުރަން މާކުތައް ވެސް ޖަހާފައިވާ ކަމަށާއި، މިހާރު ކުރިއަށް ދަނީ އޭޕްރަން ޓެސްޓް ކުރުމާއި ބޭނުން ކުރަން ފެށުމުގެ މަރުހަލާގެ ކަންކަން ކަމަށް އެމްއޭސިލްއެލް އިން ވިދާޅުވެއެވެ.

މި އަހަރުގެ ޖެނުއަރީ މަހު ފެށި، ބޮޑު މިނުގައި 55،300 އަކަމީޓަރު ހުންނަ މި އޭޕްރަންގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އެވެ.

އެމްއޭސީއެލް އިން ދަނީ އާ އޭޕްރަން ހެދުމުގެ އިތުރުން މިހާރު ބޭނުންކުރާ އޭޕްރަންގެ ޖާގަ ވެސް ބޮޑު ކުރަމުންނެވެ. އެ މަސައްކަތް ނިމުމުން އެއާޕޯޓުގެ އޭޕްރަންގެ ޖުމްލަ ސައިޒު 130،000 އަކަމީޓަރަށް އިތުރު ވެގެން ދާނެ އެވެ. އަދި އެކި ސައިޒުގެ 21 މަތިންދާ ބޯޓު އެއް ފަހަރާ ޕާކު ކުރާނެ ޖާގަ އޮންނާނެ އެވެ.

ވީއައިއޭ ތަރައްގީ ކުރަން ސަރުކާރުން ހިންގާ މަޝްރޫއުގެ އަގު ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) އަށްވުރެ ބޮޑެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ ސައޫދީ ބިންލާދިން ގްރޫޕާ އެވެ. 

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގެ ރަންވޭ ތަރައްގީ ކުރުމުގެ މަސައްކަތް ޗައިނާގެ ބީޔޫސީޖީ އެވެ. ރަންވޭގެ އަގު 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. މީގެ އިތުރުން ކާގޯ ޓާމިނަލް އާއި ތެޔޮ ރައްކާ ކުރާނެ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރެ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ