ޝުމްބާ ކިޔާ މީހަކު ޕީޕީއެމްގެ ތެރޭގައި ފިތުނަ އުފައްދަން ފަށައިފި

އެކްޓިވިސްޓް ހެދިގެން އުޅޭ ޝުމްބާ ގޮންގް ކިޔާ މީހަކު އިސްވެހުރެ އެމްވީ ކްރައިސިސްގެ ނަމުގައި ހިންގާ ޕޭޖާއި އޭނާގެ އަމިއްލަ އެކައުންޓުތައް މެދުވެރިކޮށް ޕީޕީއެމްގެ ތެރޭގައި ފިތުނަ ފަސާދައާއި ރުޅިވެރިކަން އުފެއްދުމުގެ މަސައްކަތް ފަށައިފިއެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ އިސް މޭސްތިރިޔާ އަހުމަދު އަދީބް ހީރޯއަކަށް ހަދަން އުޅޭ ޝުމްބާ ގޮންގް ވަނީ އެމްވީ ކްރައިސިސް ޕޭޖާއި އޭނާގެ އަމިއްލަ އެކައުންޓްތަކުގައި މީހުންގެ އަބުރާއި އިއްޒަތް ނަގާލުމަށް ގިނަ ޕޯސްޓްތަކެއް ކޮށްފައެވެ.

ޕީޕީއެމްގެ މެމްބަރުންގެ ތެރޭގައި ފިތުނަ ފަސާދައާއި ރުޅިވެރިކަން އުފެއްދުމުގެ މަސައްކަތް ޝުމްބާފެށީ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ޕީޕީއެމްގެ ކައުންސިލަށް އާ މެމްބަރުންތަކެއް ހޮވުމަށް ބޭއްވި އެތެރޭގެ އިންތިޚާބުގެ ނަތީޖާއަށްފަހުއެވެ.

ރައީސް ޔާމީންއަށް ފުރައްސާރަ ކުރަމުން އަންނަ އެމްވީ ކްރައިސިސް ޕޭޖުން ފިތުނަ އުފެއްދުމަށް ކުރި ޕޯސްޓެއްގައި ވަނީ ޕީޕީއެމްގައި ބުރަކޮށް މަސައްކަތްކުރި މީހުންނާއި އެކްޓިވިސްޓުން އެޕާޓީގެ ކައުންސިލުން ބޭރު ކޮށްލުމަށްފަހު ރައީސް ޔާމީންގެ އަމުރަށް ކައުންސިލަށް ހޮވާފައިވަނީ ފާއިތުވި ތިން އަހަރު އެޕާޓީގެ އެއްވެސް ކަމެއްގައި ބައިވެރިނުވެ ފިނި ކޮޓަރީގައި ތިއްބެވި މެމްބަރުން ކަމަށް ބުނެފައެވެ.

މީހުންގެ އަބުރު ވެއްޔާއި މޮޑެލުމަށް ޝުމްބާ ހިންގާ އެމްވީ ކްރައިސިސްގައި ހިއްސާކުރި އިތުރު ޕޯސްޓެއްގައި ވަނީ ރިސްކް ނެގުމަށްފަހު ޕީޕީއެމްގެ މަގުމަތީގެ ހަރަކާތްތަކުގައި އުޅުނު އެކްޓިވިސްޓުން ރައީސް ޔާމީންގެ އޯޑަރަށް އެޕާޓީގެ ކައުންސިލުން ބޭރުކުރަން އުޅުނީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސަޢީދާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލާއި މުސްތޮފާ ކިޔާ މީހެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ޔާމީންގެ ވަކީލެއްގެ ގޮތުގައި އަދި ޕީޕީއެމްގެ ގާނޫނީ ޓީމުގައި އުޅުއްވާ މަޝްހޫރޫ ގާނޫނީ ވަކީލް އާދަމް އާސިފާއި މަގުމަތީގެ ހަރަކާތްތަކުގައި އުޅޭ ގިނަ އެކްޓިވިސްޓުން ބާކީ ކޮށްލީ ސީދާ ރައީސް ޔާމީންގެ އަމުރަށް ކަމަށް ބުނެ އެމްވީ ކްރައިސިސްއާއި ޝުމްބާގެ އަމިއްލަ އެކައުންޓްތަކުގައި ތުހުމަތުކޮށް ޕީޕީއެމްގެ ތެރޭގައި ފިތުނަ އުފެއްދުމަށް ވަނީ ގިނަ ޕޯސްޓްތަކެއް ކޮށްފައެވެ.

ޕީޕީއެމްގެ ކައުންސިލަށް ނުހޮވުނު މެމްބަރުންނާއި ޕާޓީގެ ލީޑާރޝިޕާއި ދެމެދު ފިތުނަ އުފެއްދުމަށް ޝުމްބާ ކުރި ޓްވީޓެއްގައި ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ މިލިޓަރީ ސިފައިން ބޭލުމަށް ގޮވާލާ "އިންޑިއާ އައުޓް"ގެ ނަމުގައިކުރާ މުޒާހަރާ ތަކުގެ ކުރީ ސަފުގައި އިންޑިއާ އައުޓް ގޮވަން ތިބޭ މެމްބަރުން ޕާޓީގެ ކައުންސިލުން އައުޓް ކޮށްލީ ސީދާ ރައީސް ޔާމީންގ ރޭވުމުގެ ތެރެއިން ކަމަށް ބުނެފައެވެ.

ޕީޕީއެމްގެ ތެރޭގައި ފިތުނަ އުފެއްދުމުގެ މަސައްކަތް ފެށުމާއެކު އެޕާޓީގެ ގިނަބަޔަކު ވަނީ ޝުމްބާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. އެގޮތުން އެއްވެސް އިންތިޚާބެއްގައި އެންމެން މޮޅު ނުވާނެ ކަމަށާއި މެމްބަރުންގެ ތެރޭގައި ނަފުރަތު އުފައްދަން ޝުމްބާ ފެށި މަސައްކަތް ކާމިޔާބު ނުވާނެ ކަމަށް އަދި ޝުމްބާއަކީ ރޯނު އެދުރު ހެދިގެން އުޅޭ ބޯ ހަމަ ނުޖެހޭ މީހެއް ކަމަށް ގިނަ ބަޔަކުވަނީ ބުނެފައެވެ.

މީގެ އިތުރުން ޕީޕީއެމްގެ ކައުންސިލަށް ނުހޮވުމަކީ އެޕާޓީ ދޫކޮށް ޝުމްބާ ޕްރޮމޯޓްކުރާ އެމްޓީޑީއަށް ބަދަލުވާންޖެހޭ ސަބަބެއް ނޫން ކަމަށާއި ޝުމްބާ ޕްރޮމޯޓްކުރާ އެމްޓީޑީއަކީ އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ އިސް މޭސްތިރއާ އަދި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ޚިޔާނާތުގެ ފައިސާ ޚަރަދުކޮށް ބޮޑު އަގުދީގެން މެމްބަރުން ގަނެގެން ހިންގާ ޕާޓީއެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
51
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ގޮތް އެނގޭ މީހާ

    ތި ކައުންސިލަށް މެމްބަރުން ހޮވީ ރައީސް ޔާމީން ނުފޫޒު ފޯރުވައިގެން އެމަނިކުފާނު ބޭނުންފުޅުވާ ބޭފުޅުން ކަމުގައި ވަނީނަމަ އުފާވެރިކަމުގެ ކޮޅެއްވެސްނެތް. ޔަގީންވާ ކަމަކީ ރޔ މިގައުމަށް ދެރަގޮތެއް ވާކަށް ނޭދޭނެކަން. އެމަނިކުފާނަކީ މިހާރު މިގައުމުގަ ހުރި ހަމައެކަނި ގައުމީ ލީޑާރ. ޕީޕީއެމް ގެ ހުރިހާ މެމްބަރުން މިތިބީ ރޔ ފަހަތްޕުޅުގަ ވަރަށް ސާބިތުކަމާއެކު.

  2. ސަހަލު

    ޝުމްބާ އިޝްތިހާރު ކުރަނީ ދޯ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ