ކެމްބޯޑިއާގެ އިމާރާތެއް ވެއްޓި ހަތް މީހުން މަރުވެއްޖެ

ކެމްބޯޑިއާގައި ހަދަމުންދިޔަ އިމާރާތެއް ވެއްޓި ހަތް މީހުން މަރުވެ 21 މީހުން ޒަހަމްވެއްޖެ އެވެ.

ހަތްބުރީގެ މި އިމާރާތަކީ ޗައިނާގެ ކުންފުންޏަކުން ކެމްބޯޑިއާގެ ސިއަނޯކްވެލްގައި ހަދަމުންދިޔަ އިމާރާތެކެވެ. އިމާރާތް ވެއްޓުނުއިރު އިމާރާތުގެ މަސައްކަތުގައި 50 ހެއްހާ މީހުން މަސައްކަތްކުރަމުން ދިޔަކަމަށް ވެއެވެ.

ވެއްޓުނު އިމާރާތުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދަނީ

އިމާރާތް ވެއްޓުމާއި ގުޅިގެން މިހާތަނަށްވަނީ ހަތަރު މީހަކު ހައްޔަރު ކޮށްފައެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި ހަދަމުންދިޔަ އިމާރާތުގެ ވެރިފަރާތާއި، އިމާރާތް ހަދަމުންދިޔަ ކުންފުނީގެ ވެރިފަރާތާއި، އަދި ބިމުގެ ވެރިފަރާތްވެސް ހައްޔަރު ކޮށްފައި ވެއެވެ.

އިމާރާތް ވެއްޓުނު ސަރަހައްދު ސާފުކޮށް އަދިވެސް ނުނިމޭތީ މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.

ކެމްބޯޑިއާގެ ސިއަނޯކްވެލް އަކީ ޗައިނާގެ ގިނަ ކުންފުނި ތަކަކުން ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުން އަންނަ ރަށެކެވެ. މިގޮތުން ޗައިނާގެ ކުންފުނިތަކުން މި ސިޓީގައި ގިނަ ރެސްޓޯރެންޓުތަކާއި ކެސިނޯތައް ބިނާކުރަމުން ދެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް