ޔޫތު ޗެމްޕިއަންޝިޕް 16 އަހަރުން ދަށުގެ ފައިނަލަށް ޔުނައިޓެޑް ވިކްޓަރީ ދަތުރުކޮށްފި

ޔޫތު ޗެމްޕިއަންޝިޕްގެ 16 އަހަރުން ދަށުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ކްލަބް އީގަލްސްގެ މައްޗަށް 0-4 ގެ ނަތީޖާއިން ފަސޭހަކަމާއެކު ކުރި ހޯދާ ޔުނައިޓެޑް ވިކްޓަރީން މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދައިފިއެވެ.

މިއަދުގެ މެޗުގައި ޔުނައިޓެޑް ވިކްޓަރީގެ ފުރަތަމަ ތިން ގޯލް ކާމިޔާބުކޮށްފައި ވަނީ މެޗުގެ ފުރަތަމަ 15 މިނެޓް ތެރޭގައެވެ. އެގޮތުން ޔުނައިޓެޑް ވިކްޓްރީގެ ފުރަތަމަ ތިން ލަނޑު ޖަހައިދިނީ އަލްތަފް، އަރުޝަދު އަދި އަޒުލާންއެވެ.

މި މެޗުގައި ޔުނައިޓެޑް ވިކްޓަރީގެ ފަހު ލަނޑު ފަހު ހާފުގައި ޖަހައިދިނީ ދެވަނަ ލަނޑު ޖަހައިދިން އަޒުލާންއެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ވެސް މި މެޗުގައި ދެ ލަނޑު ޖަހައިދިން އަޒުލާން އަށެވެ.

މި ނަތީޖާއަށްފަހު އަންނަ އާދިއްތަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ ފައިނަލުގައި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރަން ޖެހޭނީ ސެމީގެ ދެވަނަ މެޗުގައި މިރޭ ވެލެންސިއާ އާއި ޓީސީ ސްޕޯޓްސް ކުޅޭ މެޗުން މޮޅުވާ ޓީމަކާއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ