މުރުސީ ޝަހީދުކޮށްލައިފައިވަނީ މިސްރުގެ ސަރުކާރުން - މުރުސީގެ ދަރިކަލުން

މިސްރުގެ ކުރީގެ ރައީސް އަދި މުސްލިމް ބްރަދަހުޑްގެ ލީޑަރު މުހައްމަދު މުރުސީ، 67، ޝަހީދުކޮށްލައިފައިވަނީ މިސްރުގެ ސަރުކާރުން ކަމަށް މުރުސީގެ ފިރެހެން ދަރިކަލުން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިގޮތުން އަބްދުﷲ ވަނީ މުރުސީ ޝަހީދުކޮށްލުމުގައި ބައިވެރިވި ފަރާތްތައް ކަމަށްބުނެ މިސްރު ސަރުކާރުގެ ބައެއް އިސްވެރިންގެ ނަންތައް ހާމަކޮށްފައެވެ. މިލިސްޓުގެ އެންމެ ކުރީގައިވަނީ މިސްރުގެ މިހާރުގެ ރައީސް އަލް ސީސީ، ކުރީގެ އިންޓީރިއާ މިނިސްޓަރ މަހުމޫދު ތައުފީގް، އެޓާނީ ޖެނަރަލް ނާބިލް ޞޯދިގް، އަދި ޖާސޫސީ އިދާރާގެ ވެރިޔާ އައްބާސް ކާމިލްގެ ނަމެވެ.

މުރްސީ އަކީ މިސްރުގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިހާބުކުރި ފުރަތަމަ ރައީސް އެވެ. ނަމަވެސް ވެރިކަމަށް އަހަރުދުވަސް ވީތަނާހެން ސިފައިން ނިކުމެވަނީ މިވެރިކަން ވައްޓާލައިފައެވެ. އޭގެ ފަހުން މުރްސީ ހުންނެވީ ޖަލުގަ އެވެ.

މުރުސީގެ ވެރިކަން ނިމުމަކަށް ގެނައި ބަޣާވާތުގައި އިސްކޮށް ހުންނެވި އަބްދުލް ފައްތާހް އަލް ސީސީ އަކީ މިހާރު މިސްރުގެ ރައީސް އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ