ހޯރަފުށީ އެޗްއާރްއެފްސީސީ ކަޕް ބާވީސް ސްޕޯރޓްސް ކްލަބުން ކާމިޔާބުކޮށްފި

އަޟްހާ އީދާއި ގުޅުވައިގެން ހއ.ހޯރަފުށީ ކޮމިއުނިޓީ ސެންޓަރުން އިންތިޒާމް ކޮށްގެން ބޭއްވި އެޗް.އާރް.އެފް ސީސީ ކަޕްގެ ޗެމްޕިއަންކަން ބާވީސް ސްޕޯރޓްސް ކްލަބް ހޯދައިފިއެވެ.

ހަތް ޓީމެއް ވާދަކުރި އެޗްއާރް އެފް ސީސީ ކަޕްގެ ޗެމްޕިއަންކަން ބާވީސް ސްޕޯރޓްސް ކްލަބް ހޯދީ ފައިނަލުގައި ވާދަކުރި އެފްސީ ފްރިގޭޓާރސްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ބާވީސް ސްޕޯރޓްސް ކްލަބަށް ޗެމްޕިއަންކަން ލިބުނީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމް ސުމެއް ސުމެއްގެ ނަތީޖާއަކުން ހަމަހަމަ ވުމުން  ޕެނެލްޓީ ޖަހައިގެންނެވެ.

ފައިނަލް މެޗަށްފަހު އިނާމް ދީފައިވާއިރު މުބާރާތުގެ އެއްމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބާވީސް ސްޕޯރޓްސް ކްލަބްގެ މިޑްފީލްޑަރު ހާމިދު ދަނޑުމަތީ ނަމުން ނަމަ ހާންދެ އެވެ.

ޖުމްލަ ހަތް ޓީމެއް ވާދަކުރި މި މުބާރާތް ކުރިއަށް ގެންދިޔައީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ގްރޫޕް އޭގައި ހިމެނެނީ އެފްސީ ފުރިގޭޓާރސް، ދަންމަރު ޔުނައިޓެޑް، ފުރިގޭޓަރސް އެކްސީޑް އަދި ބާވީސް ސްޕޯރޓްސް ކުލަބް ހިމެނޭއިރު ގްރޫޕް ބީގައި ހިމެނުނީ ފުރިގޭޓާރސް ޔަންގު، ބަދަހި ބާވީސް އަދި ހޯރަ ބާވީހެވެ.

ގްރޫޕް ސްޓޭޖުގެ ވާދަވެރިކަން ބޮޑުވި މިބުރާތުގެ ސެމީފައިނަލުން ބާވީސް ސްޕޯރޓްސް ކްލަބަށް ނިސްބަތްވާ ތިންޓީމް ދަތުރުކުރިއިރު އެ ތިން ޓީމާއިއެކު ދެން ސެމީގެ ޖާގައެއް ލިބުނީ ފައިނަލުގައި ބާވީސް ސްޕޯރޓްސް ކްލަބް އަތުން ބަލިވި އެފްސީ ފުރިގޭޓާރސްއެވެ.

ގުޅުންހުރި ލިޔުންތައް
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
4 ދުވަސްކުރިން
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
4 ދުވަސްކުރިން
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން