ވިކްޓްރީގެ މައްޗަށް ބޮޑު ތަފާތަކުން ނިއުއިން ކުރިހޯދައިފި

ދެވަަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގައި ވިކްޓްރީ ސްޕޯޓްސް ކްލަބުގެ މައްޗަށް 1-4 ގެ ތަފާތު ބޮޑު ނަތީޖާއިން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ކުރި ހޯދައިފިއެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީ ގަލޮޅު ދަނޑުގައި ކުޅުނު މެޗް ފެށިގެން ކުރީކޮޅު ނިއުއިން ވަނީ ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ނިއުއަށް ލީޑު ނަގައިދިނީ ސުހެއިލްއެވެ.

މެޗުގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައ ބިދޭސީ ކުޅުންތެރިޔާ ކޯފީ ނިއުއަށް ލީޑު ފުޅާކޮށްދިންއރުި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ނިއުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވެސް ކޯފީއެވެ.

މެޗުގެ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް މެޗުގެ 76 ވަނަ މިނެޓުގައި ވިކްޓްރީން ވަނީ ލަނޑެއް ޖަހާފައެވެ. ވިކްޓްރީއަށް ސުން ކަނޑުވާލަދިނީ އެ ޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިޔާ އަހުމަދުއެވެ.

އެލަނޑާއެކު މެޗުގެ ފޯރި ވަރަށް ބޮޑަށް ގަދަވެ ވިކްޓްރީން މެޗް ކޮންޓްރޯލް ކުރަމުން ދަނިކޮށް 85 ވަނަ މިނެޓުގައި ވިކްޓްރީގެ ކުޅުންތެރިޔަކަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ.

މި ނަތިޖާގައި އޮވެގެން މެޗް ނިމެންދަނިކޮށް ފަހު ހާފުގެ އިތުރު ވަގުތުގައި ނިއު އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. ނިއުރޭޑިއަންޓުގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ތޯރިގްއެވެ.

މިއީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއ ވިކްޓްރީ ސްޕޯޓްސް ކްލަބް ދިގު މުއްދަތެއް ވަންދެން ސަސްޕެންޝަނުގައި އޮތުމަށްފަހު އެނބުރި ފުޓުބޯޅައިގެ ތެރެއަށް އައިސް ދެޓީމު ކުޅުނު ފުރަތަމަ މެޗެވެ.

ގުޅުންހުރި ލިޔުންތައް
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން
މިލިޔުން ކިޔާލުމުން
32
ގުޅުންހުރި ލިޔުންތައް
4 ދުވަސްކުރިން
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
4 ދުވަސްކުރިން
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން