އިސްލާމީ މަރުކަޒު - ފެށުން ފޮޓޯ: ވިސާމް

ރާއްޖޭގައި ދީނީ މިނިވަންކަން ދޭން އެމެރިކާ ބާރު އަޅައިފި

ދިވެހިރާއްޖޭގައި އެހެން ދީންތަކަށް ނިސްބަތްވާ ފަރާތްތަކަށްވެސް އެބައިމީހުން ނިސްބަތްވާ ދީންތަކަށް އުޅުމުގެ ފުރިހަމަ މިނިވަންކަން ދިނުމަށް އެމެރިކާއިން ބާރު އަޅައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ބިއުރޯ އޮފް ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ލޭބަރް އިން އާއްމުކުރި “އިންޓަނޭޝަނަލް ރިލިޖަސް ފްރީޑަމް ރިޕޯޓް 2018”ގައި ރާއްޖެއާއި ބެހޭގޮތުން ބުނެފައިވަނީ، އެމެރިކާގެ އެމްބަސީގެ އޮފިސަލުން ރާއްޖެ ވަޑައިގެން ސަރުކާރާއެކު ދެކެވިފައިވާ ވާހަކަތަކުގައި ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ސަރުކާރަށް ބާރުއަޅައިފައި ވާނެކަމަށެވެ.

ރާއްޖޭގައި އެމެރިކާގެ ދާއިމީ އެމްބަސީއެއް ނެތް ނަމަވެސް ރާއްޖެއަށާއި ސްރީލަންކާއަށް ޚާއްސަކޮށް ސްރީލަންކާގައި ޤާއިމުކޮށްފައި ހުންނަ އެމެރިކާގެ އެމްބަސީގެ މުވައްޒަފުން ރާއްޖެއަށް ޒިޔާރަތް ކުރެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ބިއުރޯ އޮފް ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ލޭބަރް އިން އާއްމު ކުރި މި ރިޕޯޓުގައިވަނީ ވަރަށް ތަފްސީލީ ގޮތެއްގައި ރާއްޖޭގެ ދީނީ ހާލަތު އޮތްގޮތުގެ މައްޗަށް އަލިއަޅުވާލައިފަ އެވެ. އަދި 2018 ވަނަ އަހަރު ރާއްޖޭގައި ދީނީ ގޮތުން ހިނގި އެކިއެކި މަޝްހޫރު ހާދިސާތަކުގެ ވާހަކަތައްވެސް މި ރިޕޯޓުގައި ގެނެސްފައި ވެއެވެ.

މިގޮތުން ނަސް ޑެއިލީން ގެނެސްދިން ވީޑިއޯގައި ހަރަކާތްތެރިވި އަންހެން ކުއްޖާގެ ވާހަކައާއި، އިބްރާހިމް އިސްމާއިލް (އިބްރާ) އިސްލާމް ދީނާއި ގުޅޭ ގޮތުން ދެއްކި ވާހަކަތަކާއި ގުޅިގެން ފުލުހުން އެމައްސަލަ ބެލި ވާހަކަވެސް މި ރިޕޯޓުގައި ހިމަނައިފައި ވެއެވެ. އަދި ސެކިއުލަރ ބުލޮގަރުންނަށް އެކިކަހަލަ އިންޒާރުތައް އަންނަ މައްސަލައިގައިވެސް ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

ރާއްޖޭގައި އެހެން ދީންތަކަށް އުޅުމުގެ ފުރުސަތު ނޯންނަ މައްސަލައިގައި ބޭރުގެ ބޮޑެތި ބާރުތަކުން އަބަދުވެސް ރާއްޖެއަށް ފާޑުކިޔުންތައް ކުރިމަތިކުރަމުން ދެއެވެ. އަދި މިކަމަކީ އިންސާނީ ހައްގަކަށް އަރައިގަތުން ކަމުގައިވެސް އެފަރާތްތަކުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
1

ހިޔާލު

 1. Raaje meehaa

  Nujeheyy denee minivan kameh deeka hama ekani deenakee islam deen
  Mee kihaabodu Ba**** den Aal*** gandu

  3
  1
 2. މުޙައްމަދު ޙަސަން

  އެމެރިކާ އަކަށް ބާރެއް ނޭޅޭނެ މި ތަނުގައި ދީނީ މިނިވަންކަން ދޭކަން. މި ތަނުގައި ދީނީ މިނިވަންކަން އޮބައޮތް

 3. ހިލްމީ

  މި ބައިގަނޑަށް އިންސާނީ ޙައްޤު ދަސްކޮށްދޭން ވީނު..

 4. އެރުން

  ބަލަ އަހަރުމެނަށް އެނގޭ ތިކަންފެށޭނެކަން .ޑިމޮކުރަސީ މިގައުމުގެ 90% މީހުނަށް ބެނުން ވާކަން ވެސް އެނގޭ. ދެން އެމިހުން ތިކަމާކަން ބޮޑުނުވަނެ ކަންކަނޭގެ.ވެރިކަން ބަދަލު ކުރިއިރު އެމިހުން ތިހުރިހާކަމެް ވާނެ ކަން ދަނޭ. ހާސް ނުވޭ. ޔޯގާފެށިއްޖެ.ދެން އިތުރަކަށް ތިވާހަކަ ނުދެއްކިޔަސް އޯކޭ.ޔޯގާނެ ހަދަމުން ދާވަރަކަށް ކަކިފަރާތެއް ގަބޫލު ކުރަން ނުޖެހޭކަން އަންގައިދޭނެ.

 5. No name

  We Muslims have to follow only Muhammad SAW sunnah and the Holy Quran.And not Americans or any others.

  15

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް