އެއް ޖިންސުން ގުޅުން ހިންގުމަށްފަހު ރާއްޖެއިން ފުރި މީހުން ހޯދަން ފަށައިފި

އެމްޑީ އަލަމްގިރިއާއެކު ގިނަ އަދަދެއްގެ ދިވެހި ފިރިހެނުން އެއްޖިންސުން ގުޅުން ހިންގި މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ހިމެނޭހެން ގިނަ ބަޔަކާއެކު އަލަމްގިރި އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައި ވަނިކޮށް މިމައްސަލައިގައި ހިމެނޭ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ މުޝީރަކަށް ހުރި އިބްރާހިމް ރާފިއު އާއި އިތުރު ބަޔަކު ވަނީ ރާއްޖެ ދޫކޮށް ފިލާފައެވެ.

ލިވާތުކުރުމަށްފަހު ފިލަން ބޭރަށް ގޮސްފައިވާ މީހުންނާއި ގުޅޭގޮތުން ފުލުހުން ބުނީ އަލަމްގިރިއާއެކު ލިވާތުކުރި މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދަނިކޮށް މި މައްސަލައިގާ ހިމެނޭ ބައެއް މީހުން ފުރައިގެން ގޮސްފައި ކަމަށާއި އެގޮތަށް ރާއްޖެދޫކޮށް ގޮސްފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެމްޑީ އަލަމްގިރިއާއެކީ އެއް ޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު ދުއިސައްތަ ފަންސާހަށްވުރެވެސް މަތިކަމަށް އަޑު ފެތުރުނު ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި މި މައްސަލައާއި ގުޅިގެން ލިވާތުކުރި މީހުންގެ ގޮތުގައި ބެލެވޭ 18 މީހެއްގެ ޕާސްޕޯޓް ފުލުހުން ވަނީ ހިފަހައްޓާފައެވެ.

އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައި ވަނީ މަދު ބައެކެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދުގެ ކޮއްކޮ ނާޒިމް ސައްތާރާއި ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުއާއި ފުލުހަކާއި ނޫސްވެރިއަކު ހިމެނެއެވެ.

މީގެއިތުރުން އަލަމްގިރިއާއެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި މުދިމަކާއި ޤުރުއާނާއި ބެހޭ މަރުކަޒުގެ މުޝީރާއި ސިފައިންގެ މީހަކާއި ކަސްޓަމްސްގެ ދެ އޮފިސަރެއްގެ އިތުރުން ޓީޗަރަކު ވަނީ ސަސްޕެންޑްކޮށްފައެވެ. އެމީހުން ސަސްޕެންޑް ކުރި ނަމަވެސް އަދި އެތަނުން މީހަކު ހައްޔަރެއް ނުކުރެއެވެ.

 

މިލިޔުން ކިޔާލުމުން
111
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ