ޑްރަގް މައްސަލަތަކަށް ހައްލު ނުހޯދި، މުޅި ދައުލަތް ފެއިލްވެއްޖެ: އައްޑޫ މޭޔަރު ނިޒާރު

މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލެއް ހޯދައި ނުދެވި އެކަމުގައި މުޅި ދައުލަތް އެއްކޮށް ފެއިލްވެފައިވާ ކަމަށް ސަރުކާރަށް ނިސްބަތްވާ އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު ކުރެއްވި ޓުވީޓެެއްގައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކަށް ހައްލު ހޯދައި ނުދެވި ރާއްޖެ ހަލާކުވެ ނިމިއްޖެ ކަމަށާއި އެކަމަށް ހައްލެއް ނުހޯދި މުޅި ދައުލަތް ފެއިލްވެފައިވާ ކަމަށެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ހޯމް މިނިސްޓަރު އިމްރާނަށް ޓެގް ކުރައްވާ ނިޒާރު ކުރެއްވި ޓުވީޓެއްގައި ވަނީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ނުކުރެވިގެން އުޅޭ ސަބަބު ބުނެ ނުދެވޭ ކަމަށެވެ. އެގޮތުން އެކަމުގައި ޒިންމާ ނަގާނެ ބަޔަކު ތިބެންވާނެ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ނިޒާރު މިފަދައިން ވިދާޅުވިއިރު މިސަރުކާރު އައި ފަހުން މަސްތުވެގެން މަގުމަތީގައި އުޅޭ ޒުވާނުންގެ އަދަދުވަނީ އިތުރުވެފައެވެ. ނަމަވެސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ދޮރުތައް ބަންދުކުރެވި އެފަދަ މައްސަލަތަކަށް ހައްލު ހޯދައިދެވިފައިވާ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

އެމްޑީޕީން ލީޑު ކުރާ ކޯލިޝަން ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާއި އެޕާޓީގެ އެކްޓިވިސްޓުންނާއި އާންމު މެމްބަރުންނާއި ވަރަށް ގިނަ ދިވެހި ރައްޔިތުންދަނީ މިހާރުގެ ވެރިންނާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ގުޅުންހުރި ލިޔުންތައް
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
4 ދުވަސްކުރިން
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
4 ދުވަސްކުރިން
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން