އިބްރާޙިމް ރަޝޯދު (ބޮންޑޭ) މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ | ފޮޓޯ: މަޖިލިސް

ހޯމް މިނިސްޓަރު އިމްރާންއަކީ ހަރުކަށި ފިކުރު އުފައްދާ މެޝިނެއް އަދި ދޮގުވެރިއެއް: ބޮންޑޭ

އެމްޑީޕީއަށް ވެރިކަން ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާ ކުރެއްވި ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަކީ ހަރުކަށި ފިކުރު އުފައްދާ "މެޝިނެއް" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ހަރުކަށި ފިކުރާއި ދެކޮޅަށް ޚާއްޞަ ޖަމާއަތެއް އެކުލަވާލުމަށް ގޮވާލާ އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ބޮންޑެ ވިދާޅުވީ ރާއްޖޭގެ ސިޔާސީ ކަންކަމުގައި އިސްކޮށް ތިއްބެވީ އިތުރުފުޅު ހައްދަވާ ބޭފުޅުން ކަމަށެވެ. އެގޮތުން ރައްޔިތުންގެ ކުރިމަތީގައި އަފްރާޝިމް ގަތުލުކުރީ މިވެނި ބައެކޭ ބުނެފައި އަނެއްކާ ދެވަނަ ފަހަރަށް އެއީ އެހެން ބައެކޭ ކިޔާފައި ވާހަކަ ދެއްކި މީހުން މިހާރު ތިބީ ހޯމް މިނިސްޓަރު ކަމުގައި ކަމަށް ވިދާޅުވިއެވެ.

އޭނާވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ނިރުބަވެރި ހަމަލާގެ މައްސަލަ ހޯމް މިނިސްޓްރީން ނުބަލާކަމަށް ތުހުމަތު ކުރައްވާ ޖަލުތަކުގައި ތިބޭ ގައިދީންނަށް މަސްތުވާތަކެތިދީ ހަރުކަށި ފިކުރު ފަތުރާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެގޮތުން އިމްރާންއަކީ ހަރުކަށި ފިކުރު އުފައްދާ މެޝިނެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

އިމްރާންއަކީ ހަރުކަށި ފިކުރު އުފައްދާ މެޝިނެއްގެ އިތުރުން ދޮގުވެރިއެއް ކަމަށް ންޑޭ ސިފަކުރެއްވިއިރު 2015 ވަނަ އަހަރު މިހާރުގެ ވެރިން މޭޑޭގެ ނަމުގައި ބޭއްވި ހަރަކާތުގެ ތެރޭގައި ޑރ.އަފްރާޝީމް ޝަހީދުކޮށްލި ކޮން ބައެއްކަން އެނގޭނެ ހެކިތައް ކަމަށް ވިދާޅުވެ އިމްރާން ވަނީ ޚަބަރެއްގެ ފޮޓޯކޮޕީތަކެއް ދައްކަވާފައެވެ.

ގުޅުންހުރި ލިޔުންތައް
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
4 ދުވަސްކުރިން
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
4 ދުވަސްކުރިން
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން