ނޮޅިވަރަމު ފެނަކަ ތިޖޫރީން ބޮޑު ވައްކަމެއް!

ހދ.ނޮޅިވަރަމު ފެނަކަ އޮފީހުގެ ތިޖޫރީން ބޮޑު ވައްކަމެއް ކޮށްފިއެވެ.

މި ނޫހަށް އެނގިފައިވާ ގޮތުގައި ނޮޅިވަރަމު ފެނަކަ އޮފީހުގެ ތިޖޫރީން 20،000 އަށްވުރެ ގިނަ ރުފިޔާ ވަނީ ވަގަށް ނަގާފައެވެ.

ދިވެހި ފުލުހުން ވިދާޅުވީ، އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ބަލަމުން އަންނަ ކަމަށެވެ.

ނިމިދިޔަ އޮގަސްޓް މަހުގެ 21 ވަނަ ދުވަހު ހުށަހެޅުނު މި ވައްކަމުގެ މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މިނޫހަށް އެނގިފައިވާ ގޮތުގައި އެ ތިޖޫރީން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވަނީ ތީޖޫރީ ހަލާކުކޮށްލުމެއް ނެތިއެވެ.

ވަގަށްނެގި ފައިސާ ހޯދިފައިވޭތޯ މިނޫހުން ފުލުހުންނާ ކުރި ސުވާލަށް މިހާތަނަށް ޖަވާބެއް ދެއްވާފައި ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން
މިލިޔުން ކިޔާލުމުން
3
ގުޅުންހުރި ލިޔުންތައް
4 ދުވަސްކުރިން
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް
4 ދުވަސްކުރިން
1 ހަފްތާ ކުރިން
1 ހަފްތާ ކުރިން