މާފަންނު ސަހަރާގައި ޕާކިންގ އޭރިއާއެއް ހަދަން އިސްލާމިކް މިނިސްޓްރީން ހުއްދަދީފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ބޭނުންފުޅުވާ ގޮތަށް ޕާކިންގ ޒޯނެއް ތަރައްޤީ ކުރުމަށް މާފަންނު ސަހަރާ ހުސްކުރުމަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފިއެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމާއެކު ޕާކިންގއަށް ދިމާވާނެ ގޮންޖެހުންތައް ކުޑަކުރުމަށް އިތުރު ޕާކިންގ ޒޯންތައް ހަދަން ހަމަޖެއްސި ތަންތަނުގެ ތެރޭގައި މާފަންނު ސަހަރާވެސް ހިމެނެއެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި މާލޭގެ ބައެއް ބޮޑެތި މަގުތަކުގައި ޕާކް ނުކުރެވޭ ގޮތް ހަދާފައިވާއިރު އިތުރު ޕާކިންގ ޒޯންތައް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ވަނީ ފަށާފައެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ޕާކިންގ ޒޯން ހަދަން އެބިން ހަމަޖައްސައިދިނުމަށް އެދުނީ ރައީސް އޮފީހުން ކަމަށާއި އެތަން ހުސްކުރަނީ ޕްލޭނިންގ މިނިސްޓްރީއާއި އެމްޓީސީސީން ކަމަށެވެ.

މާފަންނު ސަހަރާ ހުސްކުރުމުގެ ހުއްދަ ދިނުމަށްފަހު އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ، އެތަނުން ފެންނަ މިނިކަށިތައް ސާފުކޮށް ހުދު ފޮތިން ފަހާފައިވާ އުރައަކަށް އަޅަންޖެހޭނެ ކަމަށާއި އެތަން ކޮނުމަށް އެކްސްކަވޭޓަރުގެ ބަދަލުގައި ބޭނުން ކުރަން ވާނީ އުދެލި ކަމަށެވެެ.

މި ސަރުކާރުން ޕާކިންގ ޒޯނެއް ތަރައްގީ ކުރުމަށް ނިންމާފައިވާ މާފަންފު ސަހަރާއަކީ މީހުން ވަޅު ނުލާ ގިނަ ދުވަސްތަކެއް ވެފައިވާ ސަހަރާއެކެވެ. އެތަނުގެ ހުޅަނގު ފަރާތުގައި މަޖީދީމަގަށް ވާ ގޮތަށް މިހާރު ވެސް ޕާކިންގ ޒޯނެއް ހަދާފައި އޮވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ