ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ސުޖާއު | ފޮޓޯ: މިހާރު

ޕީޕީއެމް ނޫން ހުރިހާ ޕާޓީތަކެއް ގުޅިގެން ދިވެހި މަސްކަނޑުތައް އިންޑިއާއަށް ވިއްކާލައިފި: ޝުޖާއު

ޕީޕީއެމް ނޫން ހުރިހާ ޕާޓީތައް ގުޅިގެން ދިވެހި މަސްކަނޑުތައް އިންޑިއާއަށް ވިއްކައިިލައިފި ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި މާލޭ ސިޓީގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ހއ.ތުރާކުނު ބޭރުގައި އިންޑިއާގެ ބޯޓެއް ދާ އަޅާކަމަށް ކޯސްޓްގާޑަށް ރިޕޯޓުކުރުމުން އަޅައިނުލި ކަމަށް ބުނާ ވާހަކައާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ޝުޖާއު ވިދާޅުވީ ކޮޗިން ފެރީއާއެކު ހުރިހާ ކަމެއް ތަނަވަސްވާނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބޮޑުތިލަދުންމަތީ މެމްބަރުން ވިދާޅުވި ނަމަވެސް ދިވެހި އަސްކަރިއްޔާގެ ވެރިން އަނގަމަތީގައި މަލަން ތަތްކޮށްފައި މަސްކަނޑުތައް ވެސް ވަގަށް ކަހާލާނެ ކަމަށް އޭރުވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނަމުންދިޔަ ކަމަށެވެ. އަދި ކަންތައް މިވަނީވެސް ހަމަ އެގޮތަށް ކަމަށެވެ.

ޝުޖާއު ވިދާޅުވީ އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފިޔަވައި ރާއްޖޭގެ ހުރިހާ ސިޔާސީ ވެރިން ތިއްބެވީ, ސަރުކާރުގެ ސިޔާސަތުތައް ރަނގަޅު ކަމަށް ވިދާޅުވެ މަޖިލީހުގައި ''ހައްޕު ކިޔައިގެން'' ފިއްލަވައި ކަމަށެވެ.

ޝުޖާއު މިފަދަ މޭރުމުުން ވާހަކަފުޅު ދެއްކެވިއިރު އެމްޑީޕީން ލީޑުކުރާ ކޯލިޝަން ސަރުކާރުން އަވަށްޓެރި އިންޑިއާއާއިއެކު ވަރަށް ގާތް ގުޅުންތަކެއް ދަނީ ބާއްވަމުންނެވެ. އެގޮތުން ބާއްވާ ގުޅުންތަކުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ގޮތް ނޭންގޭ ސިއްރު އެއްބެސްވުންތަކެއް ވެސް ވަނީ އެކުލަވާލާފައެވެ. އެއާއެކު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދުނު ނަމަވެސް ސަރުކާރުން ދަނީ އެކަންކަން ހާމަކުރަން ދެކޮޅު ހަދަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ