103 އަހަރުގެ އަންހެނެއް 50 މީޓަރަށް ދުވެ ދުނިޔޭގެ ރިކޯޑު ފޮތައް!

ކުރިންވެސް ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދައިފައިވާ އުމުރުން 103 އަހަރުގެ ޖޫލިޔާ "ހަރިކޭން" ހޯކިންސް މިވަނީ އަނެއްކާވެސް ދުނިޔޭގެ ރިކޯޑެއް ހޯދައިފައެވެ.

ނިއު މެކްސިކޯ ގައި ބޭއްވި ސީނިއަ ގޭމް ދުވުމުގެ މުބާރާތެއްގައި އުމުރުން ސަތޭކަ އަހަރުން މަތީ އަންހެނުންގެ ގެ ޑިވިޝަނުން އެންމެ 46.07 ސިކުންތު ތެރޭގައި 50 މީޓަރަށް ދުވެ ޖޫލިޔާ މިވަނީ ރިކޯޑްހަދާފައެވެ.

ޓީޗަރެއްގެ ވަޒީފާއިން ރިޓަޔަރ ވެފައިވާ 103 އަހަރުގެ ޖީލިޔާގެ މިއީ ފުރަތަމަ ރިކޯޑެއް ނޫނެވެ. 2017 ވަނަ އަހަރު ދުވުމުގެ ރޭހެއް 100 މީޓަރަށް ދުވެ އެންމެ 40 ސިކުންތު ތެރޭގައި މިވަނީ ނިއްމާ ދުނިޔޭގެ ރިކޯޑު ފޮތުން ވަނީ ޔާގަ ހޯދާފައެވެ. އަދި އެ ރިކޯޑް އަދިވެސް އޮތީ ޖޫލިޔާ އަތުގައެވެ.

ޖުލިޔާގެ އާއިލާ މެންބަރުން ބޭރުގެ މީޑީއާތަކަށް މައުލޫމާތު ދެމުން ބުނީ، ޖޫލިޔާ އަކީ އުމުރުން ދުވަސް ވީއިރުވެސް ވަރަށް ހެލިފެލިވެ އުޅޭ މީހެއްކަމަށެވެ.

ޖުލިޔާ ބުނީ، މިކަން ހުއްޓާލުމުގެ ހިޔާލެއް ނުގެންގުޅޭކަމަށާއި، އެތްލީޓެއްގެ ގޮތުގައި އަދިވެސް ކުރިއަށް ދާނެ ކަމަށެވެ.އަދި ދުޅަ ހެޔޮ ސިއްހަތެއްގައި ހުރުމަށް އެންމެންވެސް ނަމޫނާއަކަށް ޖުލިޔާ ނަގާ އޭނަގެ ކިބައިން އިންސްޕަޔަރ ވުމަށް އޭނާ އެދެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް