"އެނަބެއްލޭ 3" މި މަހު 26 ގައި، ރެޑީތަ؟

ގިނަ ބަޔެއްގެ މަޤުބޫލުކަން ހޯދައިފައިވާ ބިރުވެރި ފިލްމް "ކޮންޖިއުރިން" ސިލްސިލާގެ ތެރެއިން ކުރިފަޅައިގެން އައި ބިރުވެރި ފިލްމް "އެނަބެއްލޭ" ގެ ތިން ވަނަ ބައި "އެނަބެއްލޭ ކަމްސް ހޯމް" މިމަހު 26 ގައި ރިލީޒްކުރާނެއެވެ.

"އެނަބެއްލޭ ކަމްސް ހޯމް" ސިނަމާތަކުގައި އެޅުވުމަށް އެންމެ 3 ދުވަހަށް ވެފައިވާއިރު، މި ސިލްސިލާގެ ދަށުން ގެނެސްދިން ކުރީގެ ދެ ފިލްމަށްވެސް ވަނީ ގިނަ ބަޔެއްގެ ތަރުޙީބެއް ލިބިފައެވެ.

“އެނަބެއްލޭ” ސިލްސިލާގެ 2 ވަނަ ބައި "އެނަބެއްލޭ: ކްރިއޭޝަން" 2018 ވަނަ އަހަރު ރިލީސްކޮށްފައިވާއިރު، އެ ފިލްމަކީ އެ އަހަރު ނެރުނު އެންމެ ކާމިޔާބު ބިރުވެރި ފިލްމެވެ. އެ ފިލްމްގައި ދައްކުވައިދިނީ އެނަބެއްލޭ ވާހަކަ ފެށުނު ގޮތެވެ. އެނަބެއްލޭ އަކީ، ޕޮސެސް ވެފައިވާ ބުދެކެވެ.

"އެނަބެއްލޭ ކަމްސް ހޯމް" ގެ ޓްރެއިލާވެސް މިހާރު ދައްކާލާފައިވާއިރު، މި ފަހަރު އެނަބެއްލޭގެ ނުރައްކާ ކުރިމަތިވަނީ، “ކޮންޖިއުރިން” ގެ ސިލްސިލާ ފިލްމަތަކުން ފެނިގެންދާ “އެޑް” އަދި “ލޮރެއިން” ގެ އަންހެންދަރިފުޅަށެވެ.

ކޮންޖިއުރިން ސިލްސިލާ ފިލްމް ތަކުގެ ތެރެއިން ނެރޭ ކޮންމް ބިރުވެރި ފިލްމަކީވެސް ބެލުންތެރިންގެ ތެރޭގައި ބޮޑު މަޤުބޫލުކަމެއް ހޯދައިފައިވާ ފިލްމްތަކެކެވެ.

"އެނަބެއްލޭ ކަމްސް ހޯމް" މި މަހު ރިލީޒްކުރެވޭއިރު، “ކޮންޖިއުރިން” ސިލްސިލާގެ  ވަނަ ބައި 2020 ވަނަ އަހަރުއެވެ.

"އެނަބެއްލޭ" އަދި “ކޮންޖިއުރިން” ފިލްމް ގެ ގިނަ ފޭނުންތަކައް ދިވެހިންތެރޭގައިވެސް އުޅޭއިރު، "އެނަބެއްލޭ ކަމްސް ހޯމް" ބަލާލުމަށް ޝްވެކް ސިނަމާއަށް ކޮންމެހެންވެސް ދާންވާނެއެވެ!

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް