ހުނަރުވެނި 2019 ޝަރަފުވެރިކޮށްދެއްވުން - ފޮޓޯ: ރަޢިސް އޮފީސް

"ހުނަރުވެނި 2019" ނައިބު ރައީސް ޝަރަފުވެރި ކޮށްދެއްވައިފި

ސްކޫލްކުދިންނާއި ޒުވާނުންނަށް ޙާއްސަކޮށްގެން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ކުރިއަށް ގެންދާ "ހުނަރުވެނި 2019" ޓެލެންޓް ޝޯވ ރައިސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ޝަރަފުވެރިކޮށްދެއްވައިފިއެވެ.

އެސްޓީއޯ އިން ސްޕޮންސާ ކޮށްފައިވާ މިހަރަކާތަކީ ސްކޫލް ދައުރުންސުރެ ދަރިވަރުންނަށް ބޭނުންވާ އެކި ކަހަލަ ހުނަރާއި، ވަޒީފާގެ މައިދާނަށް ޒުވާނުން އަހުލުވެރިކުރުވުމަށް ބޭނުންވާ ތަފާތު ހުނަރުތައް އެއް ޕްލެޓްފޯމަކުން ދައްކާލުމުގެ ބޭނުމުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.

40 ފަރާތަކުން ބައިވެރިވާ، މިހަރަކާތުގައި ތަފާތު ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ރާއްޖޭގައި ހުރި ތަމްރީންގެ ފުރުޞަތުތަކާއި، ވަޒީފާގެ ފުރުޞަތުތަކާގުޅޭ މަޢުލޫމާތުވެސް ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައެވެ.

"ހުނަރުވެނި 2019" ނައިބު ރަޢިސް ޝަރަފުވެރިކޮށްދެއްވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

"ހުނަރުވެނި 2019" ޓެލެންޓް ޝޯވ ކުރިއަށްދާނީ މިމަހުގެ 23 އަދި 24 ގައި ދަރުބާރުގޭގައެވެ.

މިހަރަކާތުގައި ސްކޫލް ކުދިންނަށް ޚާއްސަކުރެވިފައިވާ ގަޑިތަކެއް ކުރިއަށް ދާނެއެވެ. އެއީ މިއަދު 1 ން ހަވީރު 6 ކަށާއި އަދި މާދަމާ ހެނދުނު 9 ން 12 ށް އަދި މެންދުރުފަހު 2 ން 6 ކަށެވެ.

މިދެދުވަހުގެވެސް ރޭގަނޑު ދަންފަޅި ކުރިއަށްދާނީ އާއްމުކޮށް ހުޅުވާލެވިގެންނެވެ.

"ހުނަރުވެނި 2019" ޓެލެންޓް ޝޯވގެ ފުރަތަމަ ޝޯވ މާލޭގައި ކުރިއަށްދާއިރު، މި ޝޯވ އަތޮޅުތެރެއަށް ފުޅާކުރުމުގެ ވިސްނުންވެސް ސަރުކާރުން ގެންގުޅެއެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އަތޮޅުތެރޭގެ ކޮންމެވެސް ރަށެއްގައި މި ޝޯވ ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ސަރުކާރުންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ