Fresh water with lemon slices and mint on the wooden table. Tined picture, taken with Canon 5D mkIII

ލުނބޯ ފަނި - ފައިދާހުރި މީރު ބުއިމެއް

ލުނބޯ އަކީ، ދިވެހިންގެ ތެރޭގައި ފަސޭހަކަމާއެކު ލިބެން ހުންނަ މޭވާއެކެވެ. ކެއުމުގައި އަދި ބުއިމަށްވެސް ދިވެހިން ލުނބޯ ބޭނުންކުރާއިރު، ހާއްސަކޮށް ލުނބޯ ފަންޏަކީ ދިވެހިންގެ ތެރޭގައި މަޝްހޫރު ބުއިމެކެވެ. ލުނބޯ ފަނި ތައްޓެއް ބޯލުމުން ހަށިގަނޑަށް އަރާމާއި އެތައް ފަސޭހަތަކެއް ލިބޭއިރު، ލުނބޯ ފަންޏަކީ، ސިއްހަތައްވެސް އެތައް ފައިދާތަކެއް ލިބޭ ބުއިމެކެވެ.

ލުނބޯއަކީ، ވިޓަމިން ސީ އަދި އެންޓި އޮކްސިޑެންޓްތަކުން މުއްސަންދިވެފައިވާ މޭވާއެކެވެ. އެހެންކަމުން ލުންބޯ ފަނި ކޮންމެ ދުވަހަކު އާދަކޮށްގެން ބުއިމުން، ހަންގަނޑަށް އަވިން ފޯރާ ނުރައްކާތަކުން ރައްކާތެރިކޮށްދެއެވެ. އަދި ހަންގަނޑު ކުރަކިވުމުން ދުރުކޮށްދީ، މުސްކޫޅިވުމުގެ އަލާމާތްތައް މަދުކޮށްދިނުމަށްވެސް ލުނބޯ ފަނި އެހީވެދެއެވެ.

އަނގަ ތެރެ ތާޒާ ކޮށްދީ އަނގައިނެ ނުބައިވަސް ކަނޑުވާލުމަށްވެސް ލުނބޯ ފަންޏަކީ ފަރުވާއެކެވެ. އާއްމުކޮށް އަނގައިން ނުބައިވަސް ދުވުމަށް މެދުވެރިވަނީ ލުނޮމެދި ، ފިޔާ އަދި ކުޅި އެއްޗެހި ކެއުމުންނެވެ. ނަމަވެސް ކޮންމެ ވަގުތެއްގައިވެސް ކެއުމަށްފަހު ލުނބޯ ފަނިބުއިމުން އަނގައިން މި ދޮވާ ނުބައިވަސް ކަނޑުވައިދިނުމަށް އެހީވެދެއެވެ. އަދި އަނގަ ހިކުމުން އަނގައިގާ އުފެދޭ ބެކްޓީރިއާގެ ސަބަބުންވެސް އަނގައިން ނުބައިވަސް ދުވުމަށް މެދުވެރިވެއެވެ. އެހެންކަމުން ކޮންމެ ދުވަހަކު ހެނދުނު ހޭލުމަށް ފަހު ލުނބޯ ފަނި ތައްޓެއް ބުއިމުން މި މައްސަލަ ހައްލު ވާނެއެވެ.

ހިކެން ބޭނުންވާ މީހުންނަށް ވެސް ލުނބޯ ފަންޏަކީ ވަރަށް ފައިދާ ހުރި ބުއިމެކެވެ. ލުނބޯގައި ހިމެނޭ "ޕެކްޓިން" ކިޔާ މާއްދާއަކުން ބަރުދަން ލުއިވިޔަ ނުދީ އެއްވަރެއްގައި ހިފަހައްޓއިދިނުމަށް އެހީވެދެއެވެ. އެހެންކަމުން އެއްވެސް ކަސްރަތެއް ނުކޮށް ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފަހައްޓައިދީ އިތުރަށް ބަރުވިޔަ ނުދިނުމަށް ލުނބީ ފަނި އެހީވެދޭނެއެވެ.

ކިޑްނީގައި ހިލަ އުފެދުމުގެ މައްސަލައަށްވެސް ލުނބޯ ފަނި ހައްލު ހޯދައިދެއެވެ. އެގޮތުން ލުނބޯގައި ހިމެނޭ "ސިޓްރިކް އެސިޑް"ގެ މާއްދާއިން ކިޑްނީގައި ހިލައުފެދުމުން ދުރުކޮށްދެއެވެ. އެހެންކަމުން ގިނައިން ލުނބޯ ފަނި ބުއިމަކީވެސް ކިޑްނީގައި ހިލަ އުފެދޭމީހުންނަށް އޮތް ފަރުވާއެކެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ