ބްރިޖާއި އެކު ތަރައްގީ ކުރަމުން އަންނަ ރިންގް ރޯޑް ގެ މަސައްކަތުގައި ގައިދީން ބައިވެރިވަނީ - ފޮޓޯ: އަވަސް

މާފުށީ ޖަލުގައި ގައިދީން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފަށައިފި

ކ.މާފުށީ ޖަލުގައި ގައިދީން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފަށައިފިއެވެ.

މާފުށީ ޖަލުގެ ޕެންޓަގަން ފަޅީގައި ކުރިއަށްދާ މިހަޅުތާލު ފެށިފައިވަނީ މިއަދު ހަވީރުކަމަށް މަޢުލޫމާތު ލިބެއެވެ.

މިކަމާ ގުޅިގެން އިތުރު ތަފްޞީލް ހޯދުމަށް ކަރެކްޝަންސް ސާވިސްގެ މީޑިއާ އޮފިޝަލަށް ގުޅުމުން ފޯނު ނުނަންގަވާތީ މިކަމާގުޅޭ ފުރިހަމަ މަޢުލޫމާތު އަދިވަނީ ލިބޭގޮތްނުވެފައެވެ.

އެނގިފައިވާ ގޮތުގައި ޤައިދީން ބަނޑުހައިކަމުގެ ހަލުތާލު ކުރަމުންދަނީ މައުލޫމާތު އެނގޭ މީހަކު ބުނީ ޤައިދީން ހަޅުތާލު ކުރަމުންދަނީ މިމަހުގެ 19 ވަނަ ދުވަހުގެ ހަމަނުޖެހުންތަކުގައި ޤައިދީންނަށް ޖަލުގެ އޮފިސަރުން އަނިޔާކޮށްފައިވާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް