މަސްރޭހުގައި ކަނބަލުން ހަރަކާތްތެރިވަނީ - ފޮޓޯ: ބީއެމްއެލް

އެމެރިކާއިން ރާއްޖޭގެ ޖަމިއްޔާތަކަށް އެހީވަނީ

ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި މީޑިއާތަކަށް އެހީ ދިނުމުގެ ގޮތުން ޕްރޮޕޯސަލް ހުށަހަޅަން އެމެރިކާ އެމްބަސީން ހުޅުވާލައިފި އެވެ.

މި ގޮތުން މުޖުތަމައަށް ފައިދާހުރި ޕްރޮގްރާމްތައް ހިންގުމަށް 15،000 ޑޮލަރާއި 24،000 ޑޮލަރާއި ދެމެދުގެ އެހީ ޕްރޮޕޯސަލްތައް ކާމިޔާބުކުރާ ފަރާތްތަކަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާ އެމްބަސީން އެހީ ދޭ އުސޫލާއި އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅާނެ ގޮތްތައް އެ އެމްބަސީގެ ވެބްސައިޓްގައި ވަނީ ޝާއިއުކޮށްފައިވެ އެވެ. އެހީ ހޯދުމަށް އެދި ޕްރޮޕޯސަލް ހުށަހެޅުން މެއި 30 އިން އޮގަސްޓް 19 އާއި ހަމައަށް ވަނީ ހުޅޫވާލެވިފައެވެ.

އެމެރިކާއަކީ މީގެ ކުރީގައިވެސް ތަފާތު ރޮނގުތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީ ގާތްގުޅުމެއް ބާއްވަމުންއަންނަ ޤައުމެއްކަން ފާހަގަކުރެވެއެވެ.

އެމެރިކާއިން އެހީ ދިނުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް

ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމުގެ ޕްރޮގްރާމްތައް
އިސްނެގުމުގެ ހުނަރު ކުރިއެރުވުމުގެ ޕްރޮގްރާމްތައް
ބާރުވެރިކުރުވުން
ޖެންޑާ ހަމަހަމަކަމާއި އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ކުރިއެރުވުން
މިނިވަން މީޑިއާގެ ނަޒާހަތްތެރިކަން
ސިވިލް ސޮސައިޓީގެ ގާބިލްކަން އިތުރުކުރުން
ތަފާތު ދީންތަކުގެ މީހުންގެ މެދުގައި މަޝްވަރާކުރުން

އެމެރިކާއިއިން އެހީ ނުދޭނެ ޕްރޮގްރާމްތައް

ޕްލޭނެއް ނެތި، ނަތީޖާ މޮނިޓާ ނުކުރެވޭ ގޮތަށް ހިންގާ ޕްރޮގްރާމްތައް
ތަރައްގީގެ މަޝްރޫއުތައް
މީހުންނަށް މުސާރަ ދިނުމާއި ހިންގުމުގެ އޮނިގަނޑާ ގުޅޭ ޕްރޮގްރާމްތައް
އެހެން އެހީއަކުން ހިންގާ ޕްރޮގްރާމެއް ފުރިހަމަކުރަން
އަސްކަރީ އަދި ސިޔާސީ ހަރަކާތްތަކާއި އިމާރާތްކުރުމުގެ މަޝްރޫއުތައް
ވަކި ދީނެއް ކުރިއެރުވުމުގެ ހަރަކާތްތައް

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް