ގުރައިދޫ ކައުންސިލުން ރައީސްެއާއި ބައްދަލުކުރުން - ފޮޓޯ: ރައީސް އޮފީސް

ގުރައިދޫ ކައުންސިލުން ރައީސްއާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާލެ އަތޮޅު ގުރައިދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ގުރައިދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މަޢުލޫމާތުތައް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި ވަނީ ޙިއްޞާ ކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ގުރައިދޫ ކައުންސިލްގެ ފަރާތުން ފާހަގަކުރައްވާ ހުށައެޅިކަންތައްތަކުގެ ތެރޭގައި ރަށުގެ ނަރުދަމާ ނިޒާމުގެ މަރާމާތުގެ މަސައްކަތާއި، ބިން ހިއްކުމާއި، ފެންޕްލާންޓުގެ ކެޕޭސިޓީ އިތުރުކުރުމާއި، ސްކޫލުގެ އިމާރާތުގެ ދަތިކަމާއި ބަނދަރުގެ މައްސަލަ ވަނީ ހުށައަޅާފައެވެ.

ގުރައިދޫ ކައުންސިލުން ހުށައެޅިކަންތައްތައް ފާހަގަކުރައްވައި ރައީސްވަނީ ގުރައިދޫ ކައުންސިލަރުން އެދިވަޑައިގެންފައިވާ ކަންކަމުގައި، ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް