މަޖިލީހުގެ ޖަލްސާއެއްގެ ތެެރެއިން---

މަޖިލިސް އިންތިހާބު ރޯދައިގެ ފަހުން ބާއްވަން ފާސްކޮށްފި

ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރޯދަމަސް ތެރޭ، މާރޗް 17 ގައި މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނިކޮށް، އިންތިހާބު ރޯދަމަސް ނިމުމުން ބޭއްވުމަށް، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް އިސްލާހެއް ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.

މި އިސްލާހު ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 46 މެންބަރުންގެ ވޯޓުންނެވެ. އަދި މި އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ތިން މެންބަރުން ވޯޓު ދެއްވި އެވެ.

ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން، ރޯދަމަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ބާއްވައިގެން ނުވާނެ އެވެ. އަދި އިންތިހާބު އޮންނަ ދުވަސް ރަމަޟާން މަހުގެ ދުވަހަކާއި ދިމާވާނަމަ އެ އިންތިހާބެއް ބާއްވަން ވާނީ ރަމަޟާން މަސް ނިމޭތާ 10 ދުވަސް ފަހުން ކަަމަށް އެ އިސްލާހުގައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ