ޑިފެންސް ޑޮކްޓްރިން އެންޑް ރިފޯރމް އިނިޝިއޭޓިވް ގެ ދެވަނަ ޕްރެކްޓިކަމްގެ ނިންމާލައިފި

ޑިފެންސް ޑޮކްޓްރިން އެންޑް ރިފޯރމް އިނިޝިއޭޓިވް (ޑީޑީއާރއައި)ގެ ދެވަނަ ޕްރެކްޓިކަމްގެ ނިންމުމުގެ ރަސްމިއްޔާތު މިއަދު މެންދުރުފަހު ބަންޑާރަކޮށީގައި ބާއްވައިފިއެވެ.

ޑިފެންސް ޑޮކްޓްރިން އެންޑް ރިފޯރމް އިނިޝިއޭޓިވްއަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ އިސްނެންގެވުމާއި އެކު، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އޮޕަރޭޝަނަލް ޤާބިލިއްޔަތާއި ފޯކަސް އިތުރުކޮށް، އިދާރީ ހިންގުން ހަރުދަނާކޮށް، ބަދަލުވަމުންދާ އިސްތިރާޖީ މާޙައުލަށް ފަރިތަ، ޕްރޮޕެޝަނަލް ޒަމާނީ އަސްކަރިއްޔާއެއްގެގޮތަށް އެމްއެންޑީއެފް ބިނާކުރުމަށް ކުރެވެމުންދާ މަސައްކަތެކެވެ.

މިމަސައްކަތުގެ ތެރޭގައި އެމްއެންޑީއެފްގެ އަސްކަރީ ޤާބިލްކަން އިތުރުކުރުމަށް ބޭނުންވާ ވަޞީލަތްތަކާއި އާލާތްތައް ދެނެގަނެ އެކަށައެޅުމާއި، އިދާރީ އަދި އޮޕަރޭޝަނަލް ހިންގުން ހަރުދަނާކުރަން ބޭނުންވާ އުސޫލުތަކާއި އިޖުރާޢަތްތައް ކަނޑައަޅާ އެކުލަވާލުމުގެ މަސައްކަތްތައް ހިމެނެއެވެ.

މި ޕްރެކްޓިކަމްގެ މަޝްވަރާ ބައްދަލުވުންތައް ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 17-23 ގެ ނިޔަލަށް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި ޖެނެރެލް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުންގެ އިތުރުން ޔުނިޓްތަކުގެ ކޮމާންޑަރުންނާއި ސީނިއަރ އެންލިސްޓެޑް ރޭންކްތަކުގެ ސިފައިން ބައިވެރިވެވަޑައިގެންފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް