އިތިއޯޕިއާ އަސްކަރިއްޔާގެ ވެރިޔާ ސިއާ މެކެނަން

އިތިއޯޕިއާ އަސްކަރިއްޔާގެ ވެރިޔާ އަވަހާރަކޮށްލައިފި

ހަމަނުޖެހުން ބޮޑުވެފައިވާ އިތިއޯޕިއާގެ އަސްކަރިއްޔާގެ ވެރިޔާ ސިއާ މެކެނަން އަވަހާރަކޮށްލައިފި އެވެ.

ސިއާ މެކެނަން އަވަހާރަކޮށްލައިފައިވަނީ އިތިއޯޕިއާގެ ވެރިރަށް އެޑިސްއަބާބާ ގައި އޭނާގެ ހަށިފާރަވެރި އެކެވެ. އަސްކަރިއްޔާގެ ވެރިޔާގެ އިތުރުން އިއްޔެވަނީ އަމްހާރާ ސްޓޭޓޫގެ ގަވަރުނަރު އަމްބަޗޯ މެކެނަން އާއި އޭނާގެ މުޝީރުވެސް އަވަހާރަކޮށްލާފައެވެ.

އިތިއޯޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދު ވިދާޅުވީ އަސްކަރިއްޔާގެ ވެރިޔާއާއި އަދި އިތުރު އޮފިޝަލުން މަރުވެފައިވަނީ އެގައުމުގެ އަމްހާރާއަށް ގެންނަން އުޅުނު ބަޣާވާތެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ކަމަށެވެ.

އިތިއޯޕިއާ ސަރުކާރުން ބުނެފައިވަނީ ގެންނަން އުޅުނު ބަޣާވާތް ކޮންޓްރޯލް ކުރެވިފައި ވާކަމަށެވެ. އަދި މިކަމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް ހައްޔަރު ކުރެވިފައި ވާކަމަށެވެ.

100 މިލިއަން މީހުން އާބާދީއެއް އޮންނަ އިތިއޯޕިޔާއަކީ އިރުމަތީ އެފްރިކާގެ އެންމެ ބޮޑު އެއްގައުމެވެ. އެފްރިކަން ޔުނިއަން (އޭޔޫ) ގެ މައިމަރުކަޒު ހުންނަނީ އިތއޮޕިޔާގެ ވެރިރަށް އެޑިސްއަބާބާ ގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް