މެދުރާއްޖެތެރޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖެއް ވިހައިފި

މެދުރާއްޖެތެރޭ ރަށެއްގައި 16 އަހަރުގެ އަންހެން ކުއްޖެއް ވިހައިފިއެވެ.

މިކުއްޖާ ވިހެއި ރަށުގެ ކައުންސިލްގެ ރައީސްވަނީ މިކަން ބައެއް މީޑިއާތަކަށް ކަށަވަރު ކޮށްދީފައެވެ. މައުލޫމާތު ލިބޭގޮތުގައި ވިހެއި ކުއްޖާގެ ބައްޕައަކީވެސް 18 އަހަރު ނުފުރޭ ކުޑަކުއްޖެކެވެ.

އެރަށުން ވާހަކަދެއްކި ފަރާތަކުން ފެށުމަށް މައުލޫމާތު ދެމުން ބުނީ، ވިހައިފައިވަނީ މިދިޔަ އަހަރު އޯލެވެލް ނިންމައިފައިވާ ދަރިވަރެއް ކަމަށާއި އަދި ވިހެއި ކުއްޖާގެ ބައްޕައަކީ މިއަހަރު ގުރޭޑް 10 ގައި ތައުލީމް ހާސިލް ކުރަމުންދާ އުމުރުން 15 އަހަރުގެ ކުއްޖެއް ކަމަށެވެ.

އެކުއްޖާ ވިހައިފައި ވާކަމަށްވަނީ އެރަށު ހޮސްޕިޓަލުގައެވެ. އަދި އެ ދެމައިންގެ ހާލު ރަނގަޅު ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، 18 އަހަރުން ދަށުގެ ކުއްޖަކު ބަލިވެ އިން މައްސަލަ މިނިސްޓްރީގެ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުގެ ސަމާލުކަމަށް އެރަށު ހޮސްޕިޓަލުން ގެނެސްފައި ވާކަމަށެވެ. އަދި މިހާރު މިމައްސަލަ ފުލުހުންނަށް ހުށަހަޅައިފައި ވާކަމަށެވެ.

މިމައްސަލައިގައި ހިމެނޭ މަންމައާއި ދަރިފުޅަށް ބޭނުންވާ އިޖްތިމާއީ އަދި ނަފްސާނީ އެހީތެރިކަން އާއިލާ އާއި ގުޅިގެން މިހާރު ދެމުންދާކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
2

ހިޔާލު

  1. Ahmed

    Heading ga inee 15 aharuge kujjekamah. Khabaruga 16 aharu.

  2. Manje

    Liyumuga a kujja bappa ey kiyaathee heevany idhegenney. Ekm school kujjeko. Needhe hoadhaa kudhin ge bappa thibeytha?
    . Bappa akee haadha sharafveri namekey

    3
    5

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް