ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ / ފޮޓޯ ޕީއެސްއެމް

ކުއްޖާ ގެއްލުނީ ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާގެ ތެރެއިން - ޖެންޑަރ

މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ކުޑަކުއްޖާ ގެއްލިފައިވަނީ ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާގެ ތެރެއިން ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މީޑިއާތަކުން، އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ގެއްލުނީ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ކަމަށް މިރޭ ރިޕޯޓް ކުރުމާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޝައިމް އަބްދުﷲ އަކީ ކުށުގެ ވެށިން ގެނެވިފައިވާ ކުއްޖަކަށް ވާތީ ކުޑަކުދިންގެހިޔާ އަށް އޭނާ ގެންދެވުނީ އޭނާގެ އެސެސްމެންޓްތައް ހެދުމަށް ކަމަށެވެ. އެއްވެސް ހާލެއްގައި އެތަނުގައި މަރުކަޒު ކުރުމަށް ނޫންކަމަށެވެ. އަދި މިގޮތުން ޝައިމް ހުރި ހުރުމުގައި ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އެއްތަން ކުރެވިފައި ނުވާކަމަށެވެ.

ޝައިމް ގެއްލުނު ތަނަކާއި ބެހޭގޮތުން ސުވާލުކުރުމުން ޖެންޑަރ އިން ބުނެފައިވަނީ، ޝައިމް ގެއްލިފައިވަނީ ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާގެ ކޮމްޕައުންޑުން ކަމުގައެވެ.

ޝައިމް ގެއްލިގެން ފުލުހަށް ރިޕޯޓް ކޮށްފައިވަނީ މި ޖޫން މަހުގެ 18 ވަނަ ދުވަހުގެ 09:29 ހާއިރުކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ގުޅުންހުރި ލިޔުންތައް
މިލިޔުން ކިޔާލުމުން
2

ހިޔާލު

  1. ނ

    ގެއްލޭމީހުން ހޯދަން އައިސަރުކާރަކުން ތިމާމެންގެ ޒިންމާދަށުގަ ހުރި ކުޑަކުއްޖަކު ގެއްލިގެން މިހޯދަން ޖެހުނީ އަދިވެސް އަނގަތަ އަރުވަންވީ .ފާޑުފާޑުގެ ރީތި ނައްނަމުގަ ކޮމިޝަންތަށް ހަދައިގެން ކީއްތަ ތިޔަކުރަނީ .ކަންތައްތަކެއްނުވެގެން މިވަރުގެ ސަރުކާރެއް ގެނައިބަޔަކަށްވީކަމެއްއެބަ އޮތްހޭ؟ވާކަމެއްވީކަމެއް ނުވާކަމެއް ވި ކަމެއް އެއްކަމެއްވެސްނެތް .ހުސްވައިއަނގަ .

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް