ފުލުސް ލޯގޯ - ފޮޓޯ: ފުލުސް

ގެއްލުނު ކުއްޖާ ހޯދަން ތިން ގެ އެއް ބަލައި ފާސްކޮށްފައިވާނެ، އަދި ނުފެނޭ - ފުލުހުން

މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ކުއްޖާ ހޯދުމަށް ތިން ގެ އެއް ބަލައި ފާސްކޮށްފައިވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، 14 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ގެއްލިގެން މި މަހުގެ 18 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށާއި، މި މައްސަލަ ހުށަހެޅުމުން މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލުން އަމަލުކޮށްފައިވާނެ ކަމަށެވެ. އަދި 20 ޖޫން 2019 ވަނަ ދުވަހު އެކުއްޖާ ހޯދުމަށްޓަކައި އިއުލާނު ކުރެވިފައިވާނެ ކަމަށެވެ.

މިކުއްޖާ ހޯދުމަށްޓަކައި ފުލުހުން ވާނީ 3 ގެޔެއް ބަލައި ފާސްކޮށްފައި ކަމަށާއި، އަދި މީގެ އިތުރުންވެސް ސީސީޓީވީ ފްޓޭޖްތަށް ބަލައިގެންވެސް އެކުއްޖާ ހޯދުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިހާރުވެސް ފުލުހުން ދަނީ މިކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށާއި، މިކުއްޖާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކުރަށްވައި 3000600 ނަންބަރާއި ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދި ލައްވައެވެ.

މިކުއްޖާ ގެއްލުނު ތަނަކާއި ބެހޭގޮތުން ސުވާލުކުރުމުން ޖެންޑަރ އިން ބުނެފައިވަނީ، ޝައިމް ގެއްލިފައިވަނީ ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާގެ ކޮމްޕައުންޑުން ކަމުގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް