ރައްޔިތުންގެ މަޖިލީހުގެ އިދާރާ --- ފޮޓޯ: ސަންއޮންލައިން

ޝައިމް ގެއްލުނު މައްސަލަ މަޖިލީހުން ބަލަނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިންގެ ހިޔާގައި ހުއްޓައި ދަފްތަރު ނަންބަރު 2997 ޝައިމް އަބްދުﷲ، 14 ގެއްލުނު މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބަލަން ނިންމައިފި އެވެ.

އެމައްސަލަ މިހާރު ވަނީ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މާދަމާގެ ބައްދަލުވުމަށް ތާވަލުކޮށްފަ އެވެ. އެ ބައްދަލުވުން އޮތީ މާދަމާ މެންދުރު 12:00 ގަ އެވެ. ކޮމިޓީގައި ތާވަލުކޮށްފައި ވަނީ އެމައްސަލަ ދިރާސާ ކުރުމަށެވެ.

މި ކުއްޖާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މި ޖޫން މަހުގެ 18 ވަނަ ދުވަހުގެ 09:29 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ.

މީޑިއާތަކުން، އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ގެއްލުނީ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ކަމަށް މިރޭ ރިޕޯޓް ކުރުމާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޝައިމް އަބްދުﷲ އަކީ ކުށުގެ ވެށިން ގެނެވިފައިވާ ކުއްޖަކަށް ވާތީ ކުޑަކުދިންގެހިޔާ އަށް އޭނާ ގެންދެވުނީ އޭނާގެ އެސެސްމެންޓްތައް ހެދުމަށް ކަމަށެވެ. އެއްވެސް ހާލެއްގައި އެތަނުގައި މަރުކަޒު ކުރުމަށް ނޫންކަމަށެވެ. އަދި މިގޮތުން ޝައިމް ހުރި ހުރުމުގައި ކުޑަކުދިންގެ ހިޔާގެ ކުދިންނަށް އެއްތަން ކުރެވިފައި ނުވާކަމަށެވެ.

ޝައިމް ގެއްލުނު ތަނަކާއި ބެހޭގޮތުން ސުވާލުކުރުމުން ޖެންޑަރ އިން ބުނެފައިވަނީ، ޝައިމް ގެއްލިފައިވަނީ ވިލިނގިލީގައި ހުންނަ ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާގެ ކޮމްޕައުންޑުން ކަމުގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް