ޑީސަލްގެ އަގު ބޮޑު ކޮށްފި

ދިވެހިރާއްޖޭގައި ތެލުގެ ވިޔަފާރިކުރާ މައި ކުންފުނި، އެސްޓީއޯ އިން ޑީސަލް ވިއްކާ އަގު ބޮޑު ކޮށްފިއެވެ.

އެސްޓީއޯއިން ވިދާޅުވީ،  ޑީސަލް ލިޓަރަކުން 0.90 ލާރި ބޮޑު ކޮށްފައިވާ ކަމަށާއި، މިހާރު ޑީސަލް ލިޓަރެއް ލިބެން ހުންނާނީ 10.89ރ އަށް ކަމަށެވެ.

"ޑިސަލްގެ އަގަށް ބަދަލު ގެންނަން ނިންމީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން" އެސްޓީއޯއިން ވިދާޅުވިއެވެ.

އެސްޓީއޯއިން އެންމެފަހުން ތެލުގެ އަގަށް ބަދަލު ގެނެސްފައިވަނީ، މިދިޔަ ޖެނުއަރީމަހުގެ 14 ވަނަ ދުވަހުއެވެ. އެފަހަރު އެސްޓީއޯއިން ވަނީ، ޑީސަލް ލީޓަރަކުން 2 ރުފިޔާ އަދި ޕެޓްރޯލް ލީޓަރަކުން 1 ރުފިޔާ ހެޔޮކޮށްފައެވެ.

ސައުދީ އަރަބިއްޔާއިން ތެޔޮ އުފައްދާ މިންވަރު މަދު ކުރަމުން ދިޔުމާއި، އެމެރިކާ އާއި އީރާނާއި ދެމެދު އުފެއްދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ޔެލުގެ އަގު ކުރިއަށް އޮތް ތަނުގައިވެސް އުފުލުން އެކަށީގެންވާކަމަށް ބައިނަލްއަޤްވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް